logo

އިސްރާއީލްގެ ރައީސަށް މަރުގެ އިންޒާރު ދީފި!

profile

ރިޟްވާން މޫސާ - 05 ފެބްރުއަރީ 2026 - 10:47

އިސްރާއީލުގެ ރައީސް އައިސާކް ހެރްޒޮގަށް އޮންލައިންކޮށް މަރުގެ އިންޒާރު ދިން ކަމަށް އޮސްޓްރޭލިއާގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ

https://wamco.com.mv/

އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައި ވަނީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އެގައުމުގެ ފުރާވަރު އުމުރުފުރައިގެ ކުއްޖެއް ކަމަށެވެ.

ހެރްޒޮގަށް މި އިންޒާރުތައް ދީފައި ވަނީ އޭނާ އޮސްޓްރޭލިއާއަށް ކުރައްވާ ދަތުރުފުޅުގެ ކުރިންނެވެ.

މި ކުށުގެ އެންމެ ބޮޑު އަދަބަކީ 10 އަހަރުގެ ޖަލު ހުކުމެކެވެ.

އިންޒާރުތައް ދިން ފަރާތުން އިންޒާރުތައް ދިނީ ކާކަށް ކަމެއް ހާމަކޮށްފައި ނުވި ނަމަވެސް އޮސްޓްރޭލިއާގެ މީޑިއާތަކުން ފުޅާދާއިރާއެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އިންޒާރުތައް އޭނާ ދީފައި ވަނީ ހަރްޒޮގް އަށް އަމާޒުކޮށްގެންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay