logo

ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލައިފި

profile

ރިޟްވާން މޫސާ - 05 ފެބްރުއަރީ 2026 - 11:27

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ، އަށް ހަތަރު މީހެއްގެ ގުރޫޕަކުން ދިން ހަމަލާއެއްގައި އަވަހާރަވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

https://wamco.com.mv/

އްޒާފީގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ މަސްދަރުތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ސައިފަށް ހަމަލާދީފައި ވަނީ ގޭންގު ގުރޫޕަކުން ކަމަށެވެ.

ސައިފުލް އިސްލާމްގެ ވަކީލް މާސެލް ސެކަލްޑީ އޭއެފްޕީއަށް ވިދާޅުވި ގޮތުގައި، ސައިފުލް އިސްލާމް އަވަހާރަކޮށްލީ ޒިންތާންގައި ހުންނަ އޭނާގެ ގެޔަށް އިއްޔެ މެންދުރު ފަހު ހަތިޔާރާ އެކު ބަޔަކު ވަދެ ހަމަލާދީގެންނެވެ.

ސައިފް އިސްލާމަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ތުހުމަތުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހާޒިރުކުރުމަށް އަމުރެއް އޮތް ބޭފުޅެކެވެ. އެކަމަކު އޭނާ އަކީ ލީބިޔާގެ ވެރިކަމަށް އައުން ގާތް ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ލީޑަރެވެ.

ސައިފަކީ އެގައުމުގައި ސިޔާސީ އެއްވެސް މަގާމެއް ފުރުއްވި ބޭފުޅެއް ނޫނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay