logo

މިއަހަރު މިސްކިތްތައް މަރާމާތު ކުރަން 15 މިލިއަން ރުފިޔާ ޙަރަދު ކުރާނަން: ރައީސް

profile

ރިޟްވާން މޫސާ - 05 ފެބްރުއަރީ 2026 - 04:48

މިއަހަރަށް ކަނޑައެޅިފައިވާ ދައުލަތުގެ ބަޖެޓުގައި މިސްކިތްތައް މަރާމާތު ކުރަން 15 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

https://wamco.com.mv/

މިދިޔަ އަހަރުގައި މިސްކިތްތައް މަރާމާތު ކުރަން ޙަރަދު ކޮށްފައިވަނީ 19.4 މިލިއަން ރުފިޔާކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލް ޖުމްހޫރިއްޔާ މިއަދު ވިދާޅުވީ ދިއްދޫ އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ނިންމާ ހުޅުވިކަމަށެވެ. އަދި ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިސްލާމީ ދާއިރާއިން 90 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށްދާ ކަން ފާހަގަ ކުރައްވައި ވޭތުވެދިޔަ އަހަރު 74 މިސްކިތަކާއި 7 އިސްލާމީ މަރުކަޒާއި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 3 ގޮތްޕަކާއި 6 ވަޤުފު އިމާރާތާއެކު ޖުމުލަ 90 މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay