logo

މާޗް އިން ފެށިގެން ކޮންމެ ހަފްތާއަކު ރައީސް، ނޫސްވެރިންނާ ބައްދަލުކުރައްވަނީ

profile

ޝަހްޒާ މުޙައްމަދު - 05 ފެބްރުއަރީ 2026 - 08:58

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް ސީދާ މައުލޫމާތު ދެއްވުމަށްޓަކައި، ކުރިއަށް އޮތް މާޗު މަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވި ގޮތުގައި މި ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށްދާނީ ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށެވެ.

މީގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލު ހާމަކުރުމަށްޓަކައި، ކޮންމެ ހަފުތާއަކު ކެބިނެޓު ވަޒީރަކު ވެސް މީޑިއާއާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.

މީޑިއާތަކަށް ޚާއްޞަ ކޮށްގެން ތަރައްޤީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް ނިންމާ މިއަހަރު ބޭނުން ކުރަން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީޑިއާ ވިލެޖާއި، ޔޫތު ސެންޓަރު އަދި މެޑިކަލް ކޮލެޖު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ސިޓީ ހޮޓަލުގެ މަސައްކަތް ނިންމައި، އެތަން ހިންގުމަށް ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ވަނީ ޙަވާލުކޮށްފައެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މީޑިޔާތަކުން އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި، ސްޓޫޑިއޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މާލީގޮތުން ކުރިމަތިލާން ޖެހިފައި އޮންނަ ދަތި ޙާލަތުން އަރައިގަނެ، ލިބޭ އާމްދަނީއިން މީޑިއާ އިތުރަށް ތަރައްޤީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކުޑައަގެއްގައި ކުއްޔަށް ނެގޭނެ އޮފީހާއި، ސްޓޫޑިއޯ ޖާގަ ހިމެނޭ މީޑިއާ ވިލެޖުގެ މަސައްކަތް ވަރަށް ހަލުއި ދުވެއްޔެއްގައި ކުރިޔަށްދާ ކަމަށެވެ.

ހުޅުމާލެ ފޭސް 1 ގައި ހަދަމުންދާ މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭ ކަމަށާއި، މިތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުޞަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހު، 18 ގަޑި އިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay