
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ހުޅުމާލޭގައި ސުޕީރިއަރ ކޯޓް ކޮމްޕްލެކްސް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް

މުޙައްމަދު ފަޟްލޫން - 05 ފެބްރުއަރީ 2026 - 10:47
ހުޅުމާލޭގައި ސުޕީރިއަރ ކޯޓް ކޮމްޕްލެކްސް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ޖުޑީޝަރީ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ކޯޓްތައް ހިންގަމުންދިޔަ ބައެއް އިމާރާތްތަކުގެ ހާލަތާއި ފެންވަރު ރަނގަޅުކޮށްފައިވާ ކަމަށެވެ.
އެގޮތުން ވީރާނާވެގެން ބޭނުން ނުކުރެވޭ ޙާލަތަށް ގޮސްފައި ހުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓް ހުޅުމާލޭގައި ޖާގަ ތަނަވަސް، ފެންވަރު ރަނގަޅު އިމާރާތެއްގައި ހިންގަން މިދިޔަ އަހަރު ފެށުމުގެ އިތުރުން، ޖުޑީޝަރީ ސެކްޓަރގެ ބަޖެޓު ތަންފީޒުކުރުމުގައި އެ ދާއިރާއަށް ފުރިހަމަ މިނިވަންކަން ވާނީ ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޖުޑީޝަރީ ނިޒާމަށް މި ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދެއްވައި މި ގައުމުގައި ހަމަޖެހުމާ ރައްކާތެރިކަން ކަށަވަރު ކުރުމުގައި، މިނިވަން ޖުޑިޝަރީ އެއް ޤާއިމު ވެފައި އޮތުމަކީ ކޮންމެހެން ކުރަންޖެހޭ އަސާސީ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މި އަހަރުގެ ބަޖެޓުގައި މި އަހަރަށް ލަފާކުރި އާމްދަނީގެ 2 އިންސައްތަ ކަމުގައިވާ 808 މިލިއަން ރުފިޔާ ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި ހިމަނާފައިވާނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ އަދަދަކީ ހުސްވި 2025 ވަނަ އަހަރުގެ ނިޔަލަށް ޖުޑީޝަރީ ދާއިރާއަށް ހިނގި 600 މިލިއަން ރުފިޔާއަށްވުރެ 200 މިލިއަން ރުފިޔާ ބޮޑު ބަޖެޓެއް ކަމަށް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މާޗް އިން ފެށިގެން ކޮންމެ ހަފްތާއަކު ރައީސް، ނޫސްވެރިންނާ ބައްދަލުކުރައްވަނީ
4 ގަޑިއިރު ކުރިން

20 ކޯޓާއަށްވުރެ މަދުނަމަ އަހަރީ ކޯޓާފީ ނުނަގާ ގޮތަށް ހަމަޖައްސަނީ
5 ގަޑިއިރު ކުރިން

ރާއްޖޭގެ ފުރަތަމަފަހަރަށް ޖަލެއްގެ ގޮތުގަިއ މުޅިރަށެއް ތަރައްގީކުރަން ނިންމައިފި
5 ގަޑިއިރު ކުރިން

ވިޔަފާރިތަކުގެ ބިލްތަކަށް ހުސްވި އަހަރު 6.3 ބިލިއަން ރުފިޔާ ދައުލަތުން ދެއްކި: ރައީސް
5 ގަޑިއިރު ކުރިން


