
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ވިޔަފާރިތަކުގެ ބިލްތަކަށް ހުސްވި އަހަރު 6.3 ބިލިއަން ރުފިޔާ ދައުލަތުން ދެއްކި: ރައީސް

މުޙައްމަދު ފަޟްލޫން - 05 ފެބްރުއަރީ 2026 - 07:31
ރާއްޖޭގެ ވިޔަފާރިތަކުގެ ބިލްތަކަށް ހުސްވި އަހަރު 6.3 ބިލިއަން ރުފިޔާ ދައުލަތުން ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ އާމްދަނީއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމުގައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފޯރުކޮށްދީފައިވާ ތަކެއްޗާއި ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވެފައި އޮތް މައްސަލައަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަހަރުތަކެއްވަންދެން ނުދައްކާ ހުރި ލެގަސީ ބިލްތަކަށް ފައިސާ ދެއްކުމުގެ ބޭނުމަށް ސަރުކާރުން އެކުންފުނިތަކަށް 882 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބިފައިވާ ބިލްތަކުގެ ސައްހަކަމާއި އޮޑިޓަރ ޖެނެރަލްގެ ލަފަޔާއި އެކު މިހާތަނަށް 469 މިލިއަން ރުފިޔާގެ ބިލްތަކަށް ފައިސާ ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބިލްތަކުގެ ތެރެއިން 1 ބިލިއަން ރުފިޔާގެ ބިލް ސީދާ ސަރުކާރުންވެސް ދައްކާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުދިއަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން އިމްޕޯޓްމުދާ އެއަރޕޯޓުން ކްލިއަރ ކުރަން ޒަމާނުއްސުރެ ދެވިފައި އޮތް 80 ގަޑިއިރުގެ ވަގުތު 124 ގަޑިއިރަށް މިސަރުކާރުން އިތުރުކޮށްފައިވާކަން ވެސް ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ޖެނެރަލް ގުޑްސް ޑެމަރޭޖްފީ ނާރާ މާލެ އާއި ހުޅުމާލެ ޕޯޓްގައި ބެހެއްޓޭ މުއްދަތު 5 ދުވަހުން 10 ދުވަހަށް އިތުރު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޑެމަރޭޖްޕީގެ ގޮތުގައި ނަގާ ފީ އާއި ފްރައިޓް ޗާޖް ދިވެހި ރުފިޔާ އިން ނަގާގޮތަށް ހަމަޖައްސާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުދި އަދި މެދުފަންތީގެ ކެފޭ ރެސްޓޯރެންޓް ރަޖިސްޓްރީކުރަން މިހާތަނަށް ނަގަމުންދިޔަފީ ކުރިއަށް އޮތް 2 އަހަރު ދުވަހަށް 50 އިންސައްތައިން ކުޑަކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭގައި ސުޕީރިއަރ ކޯޓް ކޮމްޕްލެކްސް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް
4 ގަޑިއިރު ކުރިން

މާޗް އިން ފެށިގެން ކޮންމެ ހަފްތާއަކު ރައީސް، ނޫސްވެރިންނާ ބައްދަލުކުރައްވަނީ
6 ގަޑިއިރު ކުރިން

20 ކޯޓާއަށްވުރެ މަދުނަމަ އަހަރީ ކޯޓާފީ ނުނަގާ ގޮތަށް ހަމަޖައްސަނީ
7 ގަޑިއިރު ކުރިން

ރާއްޖޭގެ ފުރަތަމަފަހަރަށް ޖަލެއްގެ ގޮތުގަިއ މުޅިރަށެއް ތަރައްގީކުރަން ނިންމައިފި
7 ގަޑިއިރު ކުރިން


