logo
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު  / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

20 ކޯޓާއަށްވުރެ މަދުނަމަ އަހަރީ ކޯޓާފީ ނުނަގާ ގޮތަށް ހަމަޖައްސަނީ

profile

މުޙައްމަދު ފަޟްލޫން - 05 ފެބްރުއަރީ 2026 - 07:59

20 ކޯޓާއަށްވުރެ މަދުނަމަ އަހަރީ ކޯޓާފީ ނުނަގާ ގޮތަށް ހަމަޖައްސަން ސަރުކާރުން ނިންމާފައިވާކަން ރައީސް އިއުލާން ކުރައްވައިފިއެވެ.

https://wamco.com.mv/

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ 20 ކޯޓާއަށްވުރެ މަދުން ބިދޭސީން ގެންގުޅޭ ކުންފުނިތަކުގެ އަހަރީ ކޯޓާފީ މިއަހަރުގެ މާޗް މަހުން ފެށިގެން ދައްކަން ނުޖެހޭ ގޮތް ހެދުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިސަރުކާރުން ދޭ ލުއިތަކުގެ ތެރެއިން 20 ކޯޓާއަށްވުރެ މަދުން ބިދޭސީން ގެންގުޅޭ ކުންފުނިތަކުން އަހަރީ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތް ހެދުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ކުރީކޮޅު ހުށަހަޅާނެ ކަން ރައީސް ވަނީ ރިޔާސީ ބަޔާނާއެކު އިއުލާންކުރައްވާފައެވެ.

ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހަރުދަނާ އޮންލައިން ޕޭމެންޓް ނިޒާމެއް ގާއިމްވެފައި ނެތުމެވެ. އެކަން ހައްލުކުރަން ރާއްޖޭގައި ޕޭޕަލް އޮޕަރޭޓް ކުރަން ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު އެ ހިދުމަތް ވަރަށް އަވަހަށް ރާއްޖޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް ސްވައިޕް ބީއެމްއެލް އިން ތައާރަފްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ބީއެމްއެލް ސްވައިޕްގެ ސަަބަބުން އާއްމުންނަށާއި ރާއްޖެއަންނަ ފަތުރުވެރިންނަށް ސްވައިޕްގެ އީ ވޮލެޓަށް ފައިސާ އެޅުމާއި ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަލީބާބާ ގްރޫޕާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން ދިވެހި އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި ފުޅާ ދާއިރާއެއްގައި ވިއްކުމުގެ ފުރުސަތު ލިބިގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވީޗެޓްޕޭ ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުގައި ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay