
ރާއްޖޭގެ ފުރަތަމަފަހަރަށް ޖަލެއްގެ ގޮތުގަިއ މުޅިރަށެއް ތަރައްގީކުރަން ނިންމައިފި

ޝަހްޒާ މުޙައްމަދު - 05 ފެބްރުއަރީ 2026 - 07:59
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް "އޯޕަން ޕްރިޒަން އައިލެންޑް" ކޮންސެޕްޓަށް، މުޅި ރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގައި ގައިދީންނަށް ދިރިއުޅެވި، މަސައްކަތް ކުރެވޭ ގޮތަށް ރިހެބިލިޓޭޝަނަށް ފޯކަސް ކޮށްގެން ރަށެއް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން ޖަލުތަކުގައި ތިބޭ ގައިދީންގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިހާރު ހުރިހާ ޖަލު ގޮޅިތަކަށް ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ޖަލުތަކަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށްޓަކައި އެންމެ ޒަމާނީ ސްކޭނަރެއް މާފުށީ ޖަލަށް މިހާރު ގެންގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި ސްކޭނަރުގެ ބޭނުން އަންނަ އޭޕްރިލް މަހުގެ ތެރޭގައި ކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭގައި ސުޕީރިއަރ ކޯޓް ކޮމްޕްލެކްސް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް
4 ގަޑިއިރު ކުރިން

މާޗް އިން ފެށިގެން ކޮންމެ ހަފްތާއަކު ރައީސް، ނޫސްވެރިންނާ ބައްދަލުކުރައްވަނީ
6 ގަޑިއިރު ކުރިން

20 ކޯޓާއަށްވުރެ މަދުނަމަ އަހަރީ ކޯޓާފީ ނުނަގާ ގޮތަށް ހަމަޖައްސަނީ
7 ގަޑިއިރު ކުރިން

ވިޔަފާރިތަކުގެ ބިލްތަކަށް ހުސްވި އަހަރު 6.3 ބިލިއަން ރުފިޔާ ދައުލަތުން ދެއްކި: ރައީސް
7 ގަޑިއިރު ކުރިން


