
ޔޫކްރެއިން، ރަޝިޔާ އަދި އެމެރިކާގެ މަޝްވަރާތައް ފަށައިފި

ރިޟްވާން މޫސާ - 05 ފެބްރުއަރީ 2026 - 10:47
ރަޝިޔާއާއި ޔޫކްރެއިން އަދި އެމެރިކާ ހިމެނޭހެން މަޝްވަރާތަކުގެ ދެވަނަ ބުރު އަބޫ ދާބީގައި ފަށައިފިއެވެ.
މިއީ 2022 ވަނަ އަހަރުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތަކެކެވެ.
ބައްދަލުވުން ފަށާފައި މި ވަނީ ރަޝިޔާއާއި ޔޫކްރެއިންއާ ދެ ޤައުމުން ވެސް ހަކަތައިގެ ދާއިރާއަށް އެއްވެސް ޙަމަލާއެއް ނުދިނުމަށް ވި އެއްބަސްވުމެއްގެ ނާޖާއިޒު ފައިދާ ރަޝިޔާއިން ނަގާފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ތުހުމަތުކުރައްވާފައި ވަނިކޮށެވެ
އެ މުއްދަތުގެ ބޭނުން ރަޝިޔާއިން ކުރީ ހަތިޔާރު އެއްކުރުމަށް ކަމަށާއި، ރެކޯޑު ޢަދަދަކަށް ބެލިސްޓިކް މިސައިލް ބޭނުންކޮށް ރަޝިޔާއިން ފެބްރުއަރީ މަހުގެ 3ވަނަ ދުވަހު ޔޫކްރެއިންއަށް ޙަމަލާ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިންގެ ފަރާތުން އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ރުސްތެމް ޔުމެރޮވް ވިދާޅުވީ ތިން ޤައުމުން އެކުގައި މަޝްވަރާތައް ފަށާފައިވާ ކަމަށާއި، ޤައުމުތައް ވަކިވަކިން ވެސް ވަކި ޚާއްޞަ ކަންތައްތައް މަޝްވަރާ ކުރުމަށް ބައްދަލުކުރާނެ ކަމަށެވެ.
ރަޝިޔާއިން އަދި ވެސް ޝަރުތު ކުރަމުން ދަނީ ޔޫކްރެއިންގެ ބައެއް ބިންތައް ރަޝިޔާއަށް ދޫކޮށްލުމަށެެވެ. އަދި ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ޔޫކްރެއިންގެ ޒަޕޮރީޖާގައި ހުންނަ ވިލާތުގެ އެންމެ ބޮޑު ނިއުކްލިޔަރ ޕަވަރ ޕްލާންޓުގެ ކުރިމަގާ މެދު ވެސް ދެ ޤައުމުން ދެބަސްވެއެވެ.
ޔޫކްރެއިންގެ ގާތްގަނޑަކަށް 20 އިންސައްތަ މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އޭގެ ތެރޭގައި 2022ވަަނަ އަހަރުގެ ކުރިން ރަޝިޔާއިން އަތުލާފައިވާ ކްރައިމީޔާއާއި ދޮންބާސް ސަރަޙައްދު ވެސް ހިމެނެއެވެ. 2024ވަނަ އަހަރުން ފެށިގެން ޔޫކްރެއިންގެ ސަރަޙައްދުގެ 1.5 އިންސައްތަ ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލައިފި
ގަޑިއިރެއް ކުރިން

އިސްރާއީލްގެ ރައީސަށް މަރުގެ އިންޒާރު ދީފި!
2 ގަޑިއިރު ކުރިން

މިއަހަރު މިސްކިތްތައް މަރާމާތު ކުރަން 15 މިލިއަން ރުފިޔާ ޙަރަދު ކުރާނަން: ރައީސް
8 ގަޑިއިރު ކުރިން

ތަންފީޒު ކުރާނީ އިސްލާމީ އުސޫލު: ރައީސުލް ޖުމްހޫރިއްޔާ
8 ގަޑިއިރު ކުރިން


