logo

އެމްޑަބްލިއުއެސްސީން ހަވާލުވި ހުރިހާ މަޝްރޫއެއް މި އަހަރު ނިންމަނީ

profile

ޝަހްޒާ މުޙައްމަދު - 14 ފެބްރުއަރީ 2026 - 13:48

އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ނަރުދަމާގެ ހުރިހާ މަޝްރޫޢެއްގެ މަސައްކަތް މިއަހަރު ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ ފެނާއި ނަރުދަމާގެ 27 މަޝްރޫއެއްގެ މަސައްކަތް އެމްޑަބްލިއުއެސްސީން މިހާރު ކުރަމުން ގެންދާ ކަމަށެވެ.

އޭގެތެރެއިން ގިނަ މަޝްރޫއުތަކަކީ ކުރިން ފަށާފައި ހުއްޓިފަ ހުރި މަޝްރޫއުތައް ކަމަށާއި އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަޝްރޫއުތަކުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ކަމަށް މަތީން ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށްގެންދާއިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން މަތީން ފާހަގަކުރެއްވިއެވެ. މަސައްކަތްކުރާނެ މީހުން ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭކަން މަތީން ފާހަގަކުރެއްވިއެވެ.

"އެކި ރަށްރަށުގަ މަސައްކަތް ކުރާއިރު ބައެއް ރަށްރަށުހގަ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ މަސައްކަތް ކުރާނެ މީހުން ހޯދަން. އެކަހަލަ އެކި ގޮންޖެހުންތަކާއެކީގަ މަޝްރޫޢުތައް ކުރިއަށްމިގެންދަނީ. މިހާރުން ފަށައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާ ހަވާލުކޮށްފަހުރި މަޝްރޫޢުތައް ނުހުއްޓި ކުރިއަށްގެންދާނަން" މަތީން ވިދާޅުވިއެވެ."

މަތީން ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހުރިހާ މަޝްރޫއެއްގެ މަސައްކަތްވެސް ނުހުއްޓި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ފެނާއި ނަރުދަމާއަކީ ރައްޔިތުންގެ އަސާސީ ހައްގަކަމަށް ވާއިރު އެ ހިދުމަތްތައް ޒަމާނީ ފެންވަރުގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާއި ގުޅިގެން ސަރުކާރުން ދަނީ ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk