
އުމައިރު ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވީތީއެއް ނޫން، އެއީ ހައްގު މަގާމެއް: މަހުލޫފް

މުހައްމަދު މުޝްރިފް - 14 ފެބްރުއަރީ 2026 - 16:37
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަދި ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް ރައްދު ދެއްވައިފިއެވެ.
މަހުލޫފް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ އުމައިރު ބޮޑު އެވޯޑަކަށް ނޮމިނޭޓުވީ އޭނާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ވީތީ ނޫން ކަމަށާއި، އެއީ އޭނާ ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ފުރުސަތެއް ކަމަށެވެ.
އުމައިރަކީ ޓީޓީ އިން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރަން ވަނަތަކެއް ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއްކަން ފާހަގަކުރައްވައި މަހުލޫފް ވިދާޅުވީ، އޭނާ މި އެވޯޑަށް ނޮމިނޭޓުވީ 2024 ވަނަ އަހަރު ހޯދި ކާމިޔާބީތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އަދި އުމައިރަކީ އެންމެ ކުޑައިރުން ފެށިގެން މި ދާއިރާގައި ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުއްޖެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އުމައިރަކީ އެމްޑީޕީގެ ވެރިކަމުގައި ހުނަރުވެރި އެތުލީޓުން ކުރިއަރުވަން ހިންގި "އަރުތަ" ޕްރޮގްރާމުގައި ވެސް ހިމެނުނު ކުޅުންތެރިއެއްކަން މަހުލޫފް ހަނދާންކޮށްދެއްވިއެވެ. މަހުލޫފް ވިދާޅުވީ ހަގީގަތް ނުބަލައި ކުޅުންތެރިން ކުރާ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އުމޭރުގެ ކާމިޔާބީ ސިޔާސީ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ވަޙީދު
6 ގަޑިއިރު ކުރިން

އުމޭރު އެވޯޑަށް ނޮމިނޭޓްވުމުން ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: އިގްބާލް
6 ގަޑިއިރު ކުރިން

އުމައިރު ނޮމިނޭޓްވީ ހުނަރުން، އެކަމަށް ފާޑުކިޔުމަކީ ނޫސްވެރިކަމުގެ މިނިވަންކަމެއް ނޫން: އަލީ އާރިފް
6 ގަޑިއިރު ކުރިން

ރޯދަ ޕްރޮމޯޝަންގެ ނަމުގައި ސްކޭމް، ސަމާލުވޭ!
9 ގަޑިއިރު ކުރިން


.gif&w=3840&q=75)