logo

އުމޭރު އެވޯޑަށް ނޮމިނޭޓްވުމުން ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: އިގްބާލް

profile

މުހައްމަދު މުޝްރިފް - 14 ފެބްރުއަރީ 2026 - 16:50

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމޭރުއަށް އަމާޒުކޮށް ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އިގްބާލް އާދަމް ރައްދު ދެއްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އިގްބާލް އާދަމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އުމުރުން 17 އަހަރުވެސް ނުފުރޭ އުމޭރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވުން ކުށަކަށް ވާންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި އޭނާއާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ހުއްޓާލުމަށް އިގްބާލް ވަނީ ގޮވާލައްވާފައެވެ.

މިކަމާ ގުޅިގެން ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ، އުމޭރު އަކީ ޓޭބަލް ޓެނިސް (ޓީޓީ) އިން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރަން ވަނަތަކެއް ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ. އޭނާ އެވޯޑަށް ނޮމިނޭޓުވީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީ ނޫން ކަމަށާއި، އެއީ 2024 ވަނަ އަހަރު ހޯދި ކާމިޔާބީތަކުގެ ނަތީޖާކަން މަހުލޫފް ވެސް ވަނީ ފާހަގަކުރެއްވިއެވެ.

އިގްބާލްގެ ޕޯސްޓުގއި އިޝާރާތްކޮށްފައިވާ މަހުލޫފުގެ ޕޯސްޓްގައި އޭނާ ވިދާޅުވެފައިވަނީ އުމޭރުއަކީ އެމްޑީޕީގެ ވެރިކަމުގައި ހުނަރުވެރި އެތުލީޓުން ކުރިއަރުވަން ހިންގި "އަރުތަ" ޕްރޮގްރާމުގައި ވެސް ހިމެނުނު ކުޅުންތެރިއެއް ކަމަށެވެ. އަދި ކުދިން ކުރާ ބުރަ މަސައްކަތުގެ ކާމިޔާބީތައް ސިޔާސީ ނުކުރުމަށްވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

View post on Twitter

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk