logo

އުމައިރު ނޮމިނޭޓްވީ ހުނަރުން، އެކަމަށް ފާޑުކިޔުމަކީ ނޫސްވެރިކަމުގެ މިނިވަންކަމެއް ނޫން: އަލީ އާރިފް

profile

މުހައްމަދު މުޝްރިފް - 14 ފެބްރުއަރީ 2026 - 16:29

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކުގެ ތެރެއިން އުމައިރުގެ ނޮމިނޭޝަނާއި ގުޅުވައިގެން ފާޅުކުރަމުންދާ ފާޑުކިޔުންތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ އާރިފް، ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

https://wamco.com.mv/

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ އާރިފް ސުވާލު އުފައްދަވާފައިވަނީ، ވަކި ބޭފުޅެއްގެ ދަރިއަކަށްވީތީ ސްޕޯޓްސް އެވޯޑަށް އުމައިރު ނޮމިނޭޓްވުމަކީ ކުށެއްތޯއެވެ. އުމައިރުގެ އިތުރުން ނޮމިނޭޓްވި އަނެއް ހަތަރު ކުދިންގެ ތެރޭގައިވެސް ސިޔާސީ ބޭފުޅުންގެ ކުދިން ތިބިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެ ކުދިން އެ ފުރުސަތު ހޯދާފައިވަނީ އުމައިރު ފަދައިން އެކުދިންގެ ކިބައިގައި ހުރި ހުނަރުވެރިކަމުގެ ސަބަބުން ކަމަށެވެ.

މީގެއިތުރުން، ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ މިނިވަން ނޫސްވެރިކަމެއް ނޫން ކަމަށާއި، އަދި އެއީ ސިޔާސީ މިނިވަންކަމެއްވެސް ނޫން ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިފަދަ ފާޑުކިޔުންތަކަކީ ފާޅުކަން ބޮޑު ގޮތެއްގައި އެ ކުދިންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލެކެވެ.

View post on Twitter

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk