logo

އުމޭރުގެ ކާމިޔާބީ ސިޔާސީ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ވަޙީދު

profile

މުހައްމަދު މުޝްރިފް - 14 ފެބްރުއަރީ 2026 - 17:08

ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމޭރު މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވުމާ ގުޅިގެން، ބައެއް ފަރާތްތަކުން އެކަން ސިޔާސީ ކުރަމުންދާ ދިއުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީގެކޮޅުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ވަޙީދު ޙަސަން ވަރުގަދައަށް ކުށްވެރި ކުރައްވައިފިއެވެ.

https://wamco.com.mv/

"އަސްލު ޓީވީ" އަށް ދެއްވި ބަސްތީގަތުމެއްގައި ވަޙީދު ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ކުއްޖަކު ހޯދާ ކާމިޔާބީއަކީ އެ ކުއްޖަކު ކުރާ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި، އެކަމުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. ހާއްސަކޮށް އުމުރުން 17 އަހަރު ނުފުރޭ ކުޑަކުއްޖަކަށް އަމާޒުކޮށް، ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ އެ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަސަރުކުރާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަޙީދު އިތުރަށް ވިދާޅުވި ގޮތުގައި، އުމޭރަކީ ޓޭބަލް ޓެނިސްގައި އަމިއްލަ ހުނަރުން ގައުމީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ މި އެވޯޑަށް ނޮމިނޭޓްވީ 2024 ވަނަ އަހަރު ކުޅިވަރުގެ މައިދާނުގައި ދައްކާފައިވާ މޮޅު ކުޅުމުގެ ސަބަބުން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީ ލިބުނު ފުރުސަތެއް ނޫން ކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.

އުމޭރަކީ މީގެ ކުރީގެ ސަރުކާރުން ހިންގި "އަރުތަ" ޕްރޮގްރާމުގައި ވެސް ހިމެނިފައިވާ، ކުޅިވަރުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ އެތުލީޓެއްކަން ފާހަގަކުރައްވައި، ވަޙީދު ވަނީ ކުދިންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ބަދަލުގައި އެކަންކަން ސިޔާސީ ހަތިޔާރަކަށް ނެހެދުމަށް އިލްތިމާސް ކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk