
ރޯދަ ޕްރޮމޯޝަންގެ ނަމުގައި ސްކޭމް، ސަމާލުވޭ!

ޝަހްޒާ މުޙައްމަދު - 14 ފެބްރުއަރީ 2026 - 14:17
މިދުވަސްވަރު ރޯދަ ޕްރޮމޯޝަންގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެފައިވާ ކަމަށާއި މިކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ރޯދަ މަހާ ދިމާކޮށް ސްކޭމަރުން ދަނީ، ތަފާތު އުކުޅުތައް ބޭނުންކޮށްގެން ސްކޭމްތައް ހިންގަމުން ކަމަށެވެ. ފުލުހުން ހާމަކޮށްފައިވަގޮތުގައި މިދިޔަ ހަފުތާގައި 48 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، 230،020 ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.
އޮންލައިން ޕޭޖުތައް މެދުވެރިކޮށް ހިންގާ ސްކޭމްތައް ދަނީ އިތުރުވަމުންނެވެ. އޭގެތެރޭގައި، ރުފިޔާ ދެއްކުމުން މުދާ ފޯރުނުކޮށްދިނުމާއި، ފޭކު އޮންލައިން ޝޮޕްތައް ހިންގުމުގެ އިތުރުން ބޮޑެތި ޑިސްކައުންޓުތަކުގައި މުދާ ވިއްކާ ކަމަށް ހުންނަ ޕޯސްޓްތައް ހިމެނެއެވެ. ފޭސްބުކް މާކެޓް ޕްލޭސް، އިންސްޓަގުރާމް އަދި އެހެނިހެން މީސްމީޑީއާ ޕްލެޓު ފޯމުތަކުގައި އަސްލު ވިޔަފާރީގެ ނަމުގައާއި، ސްކޭމް ކުރުމަށް ފޭކް ވިޔަފާރި ޕޭޖުތައް ހަދާ، ހިނގާ ކަމަށް ޝަހުނީޒް ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް 3 ނަމެއް ފާހަގަކުރެވޭ ކަމާއި، އެއީ ޕޮޝް، ލިޕްޓަސް އަދި ޑެކް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވިޔަފާރި ހިންގާ ފަރާތްތަކުން، އާއްމުންނަށް، އެ ވިޔަފާރިއަކާ ގުޅޭގޮތުން ކޮންމެހެން އެންގެން ޖެހޭ މަޢުލޫމާތު ފުރިހަމަ ކުރުމާ، އިތުރު ހަރަކާތެއް ކުރިޔަށް ގެންދާނަމަ ރަސްމީ ޕޭޖުގައި ޙިއްސާ ކުރުމަށް ފުލުހުން ޢިލްތިމާސްކުރެއެެވެ.
ވިޔަފާރިކުރާފަރާތަކީ ސައްޙަ ތަނެއްތޯ ބެލުމަށް ބިޒްނަސެސް.އީގަވް ދުވެރިކޮށް ބަލައި ކަށަވަރު ކުރުމަށް ފުލުހުންގެ އިރުޝާދުދެއެވެ. މީގެ އިތުރުން، މުދަލަށް ފައިސާ ދެއްކުމުގެ ކުރިން، މުދާ ލިބޭނެކަން ޔަޤީންކުރުމަށްވެސް ފުލުހުން އިރުޝާދުދެއެވެ. ފައިސާ ދެއްކުމުގެ ކުރިން، އަމިއްލަ އެކައުންޓެއްތޯ ނުވަތަ ވިޔަފާރި އެކައުންޓެއްތޯ ބަލައި، އަމިއްލަ އެކައުންޓުތަކަށް ފައިސާ ނުފޮނުވުމަށް ވަނީ އެދިފައެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އަންނަނީ އިރުޝާދު ދެމުންނެވެ.އެގޮތުން އެއްވެސް ލިންކަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކަށް ވެރިފިކޭޝަން ކޯޑު ޙިއްސާ ނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެއްވަމުންނެވެ. މީގެ އިތުރުން ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ޢިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އުމޭރުގެ ކާމިޔާބީ ސިޔާސީ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ވަޙީދު
6 ގަޑިއިރު ކުރިން

އުމޭރު އެވޯޑަށް ނޮމިނޭޓްވުމުން ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: އިގްބާލް
6 ގަޑިއިރު ކުރިން

އުމައިރު ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވީތީއެއް ނޫން، އެއީ ހައްގު މަގާމެއް: މަހުލޫފް
6 ގަޑިއިރު ކުރިން

އުމައިރު ނޮމިނޭޓްވީ ހުނަރުން، އެކަމަށް ފާޑުކިޔުމަކީ ނޫސްވެރިކަމުގެ މިނިވަންކަމެއް ނޫން: އަލީ އާރިފް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)