logo

ޕާކިސްތާނުން އަނެއްކާ ވެސް އަފްޣާނިސްތާނަށް ބޮން އަޅައިފި

profile

ރިޟްވާން މޫސާ - 22 ފެބްރުއަރީ 2026 - 08:32

ޕާކިސްތާންގެ އަސްކަރިއްޔާއިން އަނެއްކާ ވެސް އަފްގާނިސްތާނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފި އެވެ.

https://wamco.com.mv/

ޕާކިސްތާންގެ ސަރުކާރުން ބުނީ، ދާދިފަހުން އެ ޤައުމުގައި ދީފައިވާ ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި އޮތް ޖަމާޢަތްތަކުގެ އަމާޒުތަކަށް ޙަމަލާ ދީފައިވާނެ ކަމުގައެވެ. ރަމަޟާން މަސް ފެށުނު ފަހުން ވެސް ޕާކިސްތާންގައި ބޮމުގެ ޙަމަލާތަކެއް ދީފައިވެއެވެ.

ޕާކިސްތާނުން ޙަމަލާ ދީފައި މި ވަނީ، ދެ ޤައުމުގެ ސަރަޙައްދީ ރޮނގުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ލުޔެއް ހޯދުމަށް ސަޢޫދީ ޢަރަބިއްޔާއިން އިސްވެ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސަޢޫދީ ޢަރަބިއްޔާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ޠާލިބާނުން ވަނީ އަފްޣާނިސްތާނުގެ ފައުޖުތަކުގެ ހައްޔަރުގައި ތިބި ޕާކިސްތާންގެ ސިފައިންގެ ތިން މީހުން މިނިވަން ކޮށްފައެވެ.

ހުސްވި އަހަރުގެ އޮކްޓޫބަރު މަހު ވެސް ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރިއެވެ. އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk