
ސައުދީ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ރަގަޅު: ސައުދީ ސަފީރު

ރިޟްވާން މޫސާ - 22 ފެބްރުއަރީ 2026 - 21:55
ސައުދީ އާއި ދިވެހިރާއްޖޭގެ ގުޅުން ވަރަށް ބޮޑުތަނުން ރަނގަޅުވެއްޖެ ކަމަށް ސައުދި އަރަބިއްޔާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ ވިދާޅުވެއްޖެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރުވަނީ ރާއްޖެއާއި ސައުދީއާއި އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން ސަފީރު ޔަޙްޔާ ޙަސަން ވިދާޅުވީ، ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމުގެ ސަބަބުން އެކި ދާއިރާތަކުން ކުރިއެރުން ލިބެމުންއަންނަކަމަށެވެ.
ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ސަޢޫދީ ޢަރަބިއްޔާގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަހާ ގުޅުވައިގެންނެވެ. އެގޮތުން، ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައެވެ.
ސަފީރުގެ ވާހަކަފުޅުގައި ވަނީ، ދެ ޤައުމުގެ ގުޅުމާމެދު ފަޚުރުވެރިވާކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
ސަފީރުގެ ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދާއި އެ ޤައުމުގެ ރައްޔިތުންނަށް ވަނީ މަރުޙަބާ ދަންނަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މެދުއިރުމަތީގެ މުސްލިމުންގެ ބިންތަކަށް އަތްގަދަ ކުރާތީ އަރަބިން ނުރުހުން ފާޅުކޮށްފި
3 ގަޑިއިރު ކުރިން

31 އަހަރު ފަހުން އަލަށް ތެލަސީމިއާ ސެންޓަރުގެ ހިދުމަތް ހުކުރުދުވަހު
10 ގަޑިއިރު ކުރިން

ޅ.ކަނުހުރާގެ އިރުން 6 މޭލު ބޭރުގައި ވަދު ކަނދުފަތި އަޅައިފި
11 ގަޑިއިރު ކުރިން

ކަށި މިޔަރުގެ މައްސަލަ އަަލުން ހައިކޯޓަށް!
11 ގަޑިއިރު ކުރިން


.gif&w=3840&q=75)