
ކަށި މިޔަރުގެ މައްސަލަ އަަލުން ހައިކޯޓަށް!

ރިޟްވާން މޫސާ - 22 ފެބްރުއަރީ 2026 - 14:23
ހައިކޯޓުން ބޭރުކޮށްލާފައި އޮތް ކަށި މިޔަރުގެ މަސްވެރިކަން ކުރުން ހުއްޓުވުމުގެ މައްސަލަ އަލުން މުރާޖާ ކުރުމަށްފަހު ހައިކޯޓަށް ހުށައަޅައިފި އެވެ.
ކަށިމިޔަރުގެ މަސްވެރިކަމަކީ މި ފަހަކުން ސަރުކާރުން ހުއްދަކޮށްފައިވާ މަސްވެރިކަމެކެވެ.
ރާއްޖޭގައި ތިން ބާވަތެއްގެ މިޔަރުގެ މަސްވެރިކަން މީގެ ކުރިން ވަނީ ކޮށްފައެވެ. އެއީ, ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމެވެ.
ކަށިމިޔަރު މަސްވެރިކަން ކުރުން ހުއްޓުވީ، އޭރު ކުރެވުނު ދިރާސާތަކަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުމާ އެކުގައެވެ. އެހެން ނަމަވެސް ގިނަ މަސްވެރިން ދަނީ މިޔަރުގެ އުނދަގުލާހެދި ކަންބޮޑުވުންވެސް ފާޅިކޮށްފަ އެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހައިކޯޓަށް ވެއްދީ ސޭވް މޯލްޑިވްސް ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ތިމާވެށީގެ އެކްޓިވްސްޓް ހުމައިދާ އަބްދުލްޣަފޫރާއި މ. މާމުލި، މުހައްމަދު ސިނީންގެ ފަރާތުންނެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުމާއެކު ބޭރުކޮށްލީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.
މި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ، ބާތިލުކުރަން އެދިފައިވާ ކަށިމިޔަރު މަސްވެރިކަމާ ގުޅޭ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ކަމަށް ނުވާތީ ދުސްތޫރީ މައްސަލައެއް ކަމަށް އެ މައްސަލަ ނުވާކަމަށް ކަނޑައަޅައިފައެވެ.
ކަށިމިޔަރު މަސްވެރިކަމުން ބޮޑު ނަފާއެއް ހޯދިދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އެކަމަކު، ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފިނަމަ ދިވެހި މަސްވެރިކަމުގެ އިތުރުން، ފަތުރުވެރިކަމަށް ވެސް ގެއްލުންވެ، ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ރަނގަޅު ނަން ކިލަނބުވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެ އެވެ
ގުޅުން ހުރި ޙަބަރުތައް

މެދުއިރުމަތީގެ މުސްލިމުންގެ ބިންތަކަށް އަތްގަދަ ކުރާތީ އަރަބިން ނުރުހުން ފާޅުކޮށްފި
ގަޑިއިރެއް ކުރިން

ސައުދީ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ރަގަޅު: ސައުދީ ސަފީރު
ގަޑިއިރެއް ކުރިން

31 އަހަރު ފަހުން އަލަށް ތެލަސީމިއާ ސެންޓަރުގެ ހިދުމަތް ހުކުރުދުވަހު
8 ގަޑިއިރު ކުރިން

ޅ.ކަނުހުރާގެ އިރުން 6 މޭލު ބޭރުގައި ވަދު ކަނދުފަތި އަޅައިފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)