logo

31 އަހަރު ފަހުން އަލަށް ތެލަސީމިއާ ސެންޓަރުގެ ހިދުމަތް ހުކުރުދުވަހު

profile

ޝަހްޒާ މުޙައްމަދު - 22 ފެބްރުއަރީ 2026 - 14:54

ހުކުރު ދުވަހު ވެސް ތެލެސީމިއާ ސެންޓަރުން ލޭ އެޅުމުގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ތެލަސީމިއާ ސެންޓަރުން ޚިދުމަތްދޭން ފެށިތާ 31 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހުކުރު ދުވަހު އެ ސެންޓަރުން ޚިދުމަތްދޭން ފަށައިފިއެވެ. ތެލަސީމިއާ ސެންޓަރުން ޚިދުމަތް ދޭން ފަށާފައިވަނީ 1994 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭތުވެދިޔަ 31 އަހަރުގެ ތެރޭގައި ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަހު ޚިދުމަތް ދީފައިނުވާކަމަށެވެ. މިކަން ބަދަލުކޮށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ތެލަސީމިއާ ސެންޓަރުން ޚިދުމަތް ދޭން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހުކުރު ދުވަހު އެކަނިވެސް ޖުމްލަ 14 ޓްރާންސްފިއުޝަން ހަދާފައިވާކަމަށާއި 5 މީހަކު ލޭ ހަދިޔާކޮށްފައިވާކަމަށެވެ.

ރައީސް ވަނީ ރަމަޟާން މަހަށްފަހުވެސް ހުކުރު ދުވަހުގެ ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދާ ދިމާކޮށް ލޭ އެޅުމަށް މާލެ އަންނަ ފަރާތްތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތެލަސީމިއާ ހުންނަ ފަރާތްތަކަށް ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން 30 އަހަރަށްވުރެ ގިނަ ދުވަސްވީ ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތައް ޒަމާނީ ވަޞީލަތްތަކާއެކު ހުޅުމާލޭގައިވަނީ ހުޅުމާލޭ އޮރެންޖް ހިޔާގައި އާ ސެންޓަރެއް ޤާއިމުކޮށްފައެވެ. މީގެ އިތުރުން ތެލަސީމިއާ ހުންނަ ފަރާތްތަކަށް 2000 ރުފިޔާގެ އެލަވަންސެއްވަނީ ދޭން ފައްޓަވާފައެވެ. ހަމައެއާއެކު ތެލަސީމިއާ ފަރުވާ ފުޅާކުރުމަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށްވެސްދަނީ މަސައްކަތްކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk