
ޅ.ކަނުހުރާގެ އިރުން 6 މޭލު ބޭރުގައި ވަދު ކަނދުފަތި އަޅައިފި

ރިޟްވާން މޫސާ - 22 ފެބްރުއަރީ 2026 - 14:23
ޅ.ކަނުހުރާގެ އިރުން 6 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި ވަދު ކަނދުފަތީގެ ނަންބަރަކީ L10V01 އެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ މި ކަނދުފަތި އެސަރަހައްދުގައި ގާއިމުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވާ ފުޅާކުރުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތައް އިތުރުކުރުން ކަމަށެވެ.
މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ކަނޑުގެ އެކި ހިސާބުތަކުގައި ކަނދުފަތި ޤާއިމުކުރުމަކީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
ދޮށީ ކަނދުފަައްޗާއި، ވަދު ކަނދުފަތި ޤާއިމުކުރުމާއި، ވިއުގާ ބެލެހެއްޓުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

މެދުއިރުމަތީގެ މުސްލިމުންގެ ބިންތަކަށް އަތްގަދަ ކުރާތީ އަރަބިން ނުރުހުން ފާޅުކޮށްފި
3 ގަޑިއިރު ކުރިން

ސައުދީ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ރަގަޅު: ސައުދީ ސަފީރު
3 ގަޑިއިރު ކުރިން

31 އަހަރު ފަހުން އަލަށް ތެލަސީމިއާ ސެންޓަރުގެ ހިދުމަތް ހުކުރުދުވަހު
10 ގަޑިއިރު ކުރިން

ކަށި މިޔަރުގެ މައްސަލަ އަަލުން ހައިކޯޓަށް!
11 ގަޑިއިރު ކުރިން


.gif&w=3840&q=75)