logo

"ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް" ދެން އޮތީ ތާރު އެޅުން: އެމްޓީސީސީ

profile

ރިޟްވާން މޫސާ - 01 ފެބްރުއަރީ 2026 - 18:50

މާލޭ ބޮޑުތަކުރުފާނު މަގުގެ ބާޒާރު މަތީ ސަރަހައްދު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ދެން އޮތީ ތާރު އެޅުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފި އެވެ.

https://wamco.com.mv/

އެމްޓީސީސީން ބުނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ތާވަލާއި އެއްގޮތަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، ޝީޓް ޕައިލް ކުރުމާއި، ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ.

އަދި ކޭބަލް ޖަންކްޝަންތަކުގެ އިތުރުން ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް މިއަދު ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރުން، މަގުގެ ދުވާރު ހެދުމާއި އަދި ކާނުތަކުގެ މަސައްކަތުގެ އިތުރުން ފެނާއި ކޭބަލް ޓްރެންޗްތަކުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

މި މަޝްރޫޢު ނިމުމުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay