logo

އިންތިހާބަށް ފޯމު ހުށައެޅުމުގެ ސުންގަޑި ހަމަވެއްޖެ!

profile

ރިޟްވާން މޫސާ - 01 ފެބްރުއަރީ 2026 - 13:52

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވާދަ ކުރައްވާ ފަރާތްތަކުގެ ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވެއްޖެ އެވެ.

https://wamco.com.mv/

އިންތިހާބު ބޭއްބުމަށް ހަމަޖަައްސާފައި ވަނީ އަންނަ އެޕްރީލް މަހުގަ 04 ވަނަ ދުވަހުގަ އެވެ.އިންތިހާބަށް ފޯމް ލާން ހުޅުވާލި މިމަހުގެ 17 ގައެވެ. މި އިންތިހާބަށް ކުރިމަތިލުމިގެ އެންމެ ފަހު ސުންގަނޑި ހަމަވެފައި ވަނީ މިއަދު 17:30 ގަ އެވެ.

އިއްޔެ އާއި ހަމައަަށް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 2،888 މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފަ އެވެ. ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް ޖުމްލަ 3،413 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކަށް ހުށަހެޅި 1،865 ފޯމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހުށަހެޅި 1،548 ފޯމެވެ.

މިހާތަނަށް ކެންޑިޑެސީ ބަލައިގަތް 2،888 ފޯމުގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކަށް ވާދަކުރާ 1،556 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރާ 1،332 ކެންޑިޑޭޓުންނެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ ބައެއް ކެންޑިޑޭޓުންގެ ފޯމުތައް ކޮމިޝަނުން ވަނީ ބާތިލްކޮށްފައެވެ. އެގޮތުން ކައުންސިލް އިންތިޚާބަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 309 ފޯމު އަދި އަންހެނުންގެ ކޮމިޓީތަކަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 216 ފޯމު ގަބޫލުނުކުރުމަށް ވަނީ ނިންމާފައެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް މި އަދަދަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

"އަސްލު" އަށް މައުލޫމާތުދެއްވަމުން އިލެކްޝަން ކޮމިޝަނުގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ އިންތިހާބަށް ފޯމު ހުށައެޅުމުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށެވެ. އަދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ޖުމްލަ އަދަދު ތަފްސީލު އެނގޭނެހެން އިލެކްޝަން ކޮމިޝަނުން އާންމު ކުރައްވާނެ ކަމަށެވެ.

"ފޯމު ހުށަހެޅުމުގެ މުއްދަތު މިހާރު ހަމަވެއްޖެ. ދެން ކުރިމަތިލީ ފަރާތްތަކުގެ ޖުމްލަ އަދަދު ތަފްސީލާ އެކު އަޅުގަނޑުމެންގެ ވެބްސައިޓުގައި އާންމު ކުރާނަން." އިލެކްޝަން ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ގެ 15:00 އަށް ހަމަވެފަ އެވެ. އެދުވަހާއި ހަމައަށް 639 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އީސީއިން ބުނީ ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި އެޑްރެސް ބަދަލުކުރުމާއި، ރަށްވެހިކަން ބަދަލުވުމާއި، ނިޔާވެފައިވާ މީހުންގެ ނަން އުނިކުރުން ހިމެނޭކަމަށެވެ.

ޝަކުވާ ހުށަހަޅާއިރު އެކަމުގެ ސައްހަކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހެއެވެ.

މި ފަހަރުގެ އިންތިހާބު ގައި 621 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay