logo
ޔަހޫދީން ގާޒާ އަށް މިއަދު ދިން ހަމަލާ: ފޮޓޯ އަލްޖަޒީރާ

ޔަހޫދީން ގާޒާ އަށް މިއަދު ދިން ހަމަލާ: ފޮޓޯ އަލްޖަޒީރާ

ޔަހޫދީން ގާޒާ އަށް ބޮން އަޅައި 32 މީހަކު ޝަހީދުކޮށްލައިފި

profile

ރިޟްވާން މޫސާ - 01 ފެބްރުއަރީ 2026 - 13:18

ޔަހޫދީ އިޒްރައިލުން ގާޒާ އަށް ވައިގެ މަގުން ބޮން އަޅައި 32 މީހަކު ޝަހީދުކޮށްލައިފި އެވެ.

https://wamco.com.mv/

މި ހަމަލާއަކީ މި ފަހަކުން ޔަހޫދީން ގާޒާ އަށް ނުވަތަ ހަމާސް ޖަމާއަތަށް އަމާޒުކޮށް ދީފައިވާ އެންމެ ވަރުގަދަ ހަމަލާ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ވަނީ ޔަހޫދީންނާއި، ހަމާސް ޖަމާއަތުން ހަމަލާ ބަދަލު ކުރުމުގެ އެއްބަސްވުމުގެ ތެރެއިން ދެ އެއްބަސްވުމެއް ހަދާފަ އެވެ.

ހަމާސް އިން ހަދާފައިވާ އެއްބަސްވުމަށް ފުރިހަމަ އަށް ޔަހޫދީ އިޒްރާއީޅުން އަމަލުކޮށްފައި ނުވާ ކަން ފާހަގަކޮށްލެވެ އެވެ.

ޔަހޫދީންގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ވަކިވަކި ގޭގެއަށާއި ފޭލިގެތަކުގެ އިތުރުން ފުލުހުންގެ އިދާރާއަކަށެވެ. ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ ޝައިޚް ރަދްވާންގެ ފުލުހުންގެ އިދާރާއަށް ޔަހޫދީން ދިން ޙަމަލާގައި ފަސް އޮފިސަރުން ހިމެނޭ ގޮތަށް 13 މީހުން ޝަހީދުވެފައިވެއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުން ވެސް ޔަހޫދީން ވަނީ ގާޒާގެ ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް 71،654 މީހުން ޝަހީދުކޮށްލާފައިވާއިރު، އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޝަހީދުކޮށްލި މީހުންގެ ޢަދަދު ވެސް 509 އަށް އަރައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay