logo

ސައްބީސް ހާސް ހަތްސަތޭކަ މަސްދަޅު ކޭސް ބަހައިފި

profile

ރިޟްވާން މޫސާ - 01 ފެބްރުއަރީ 2026 - 18:50

މިރޭގެ މިހާތަނަށްސައްބީސް ހާސް ހަތްސަތޭކަ މަސްދަޅު ކޭސް ބަހާފައިވާ ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓްރީއިން ބުނެފިއެވެ.

https://wamco.com.mv/

"އަސްލު" އަށް މައުލޫމާތުދެއްވަމުން ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ވަހީދު މިރޭ ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ބެހުމުގައި އާންމުންގެ ފަރާތުން ލިބެމުން ދަނީ ތައުރީފާއި، ޝުކުރު ކަމަށެވެ.

މިނިސްޓަރުގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވެވީ މިހާތަނަށް ސައްބީސް ހާސް ހަތް ސަތޭކަ ތިރީސް ނުވަ ގޭބީސީ އަކަށް ވެސް މަސްދަޅުކޭސް ދޫކޮށްފައިވާ ކަމަށެވެ. އަދި މި ކަމުގައި އާންމުންގެ މެދުގައި މިހާތަނަކަށް އެއްވެސް ޝަކުވާއެއް ލިބިފައި ނުވާއިރު އާންމުންގެ ބޮޑު ތަރުހީބެއް މިކަމުން ލިބެމުން އަންނަ ކަމަށެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދަނީ ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ.

މި މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ކޮންމެ ރެއަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީގެ ފަރާތުން ވަނީ ބުނެފައެވެ.

މިނިސްތަރު ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކަށް މަސްދަޅު ކޭސްތައް ބެހުމުގައި އެ ރަށެއްގެ ރަށު ކައުންސިލް ތަކުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، މިހާތަނަށް ހުރިހައި ރަށަކަށް ބޭނުންވާ މަސްދަޅު ކޭސްތައް އެރަށަކަށް ފޮނުވާފައިވާ ކަމަށެވެ.

ރޯދަމަހަށް ހާއްސަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. މި އަހަރު 118673 މަސްދަޅު ކޭސް ރޯދަމަސް ފެށުމުގެ ކުރިންބަހައި ނިމޭނެކަމަށް ސަރުކާރު ވަނީ ބުނެފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay