logo

ފަލަސްތީނުގެ ދެ ސަރަހައްދެއްގައި ޔަހޫދީން ދެ މީހަކު ޝަހީދުކޮށްލައިފި

profile

ރިޟްވާން މޫސާ - 19 ފެބްރުއަރީ 2026 - 15:50

ފަލަސްތީނުގެ ދެ ސަރަހައްދެއްގައި ޔަހޫދީ އިޒްރެއިލުން ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލައިފި އެވެ

https://wamco.com.mv/

ޔަހޫދީ އިޒްރެއިލުން ވަނީ ފަލަސްތީނުގެ ކުޑަކުދިންތަކަކަށް އަމާޒުކޮށް ޣައްޒާގެ އުތުރުގައި ޑްރޯން ޙަމަލާއެއް ދީފައެވެ

އެ ޙަމަލާގައި އެއް ކުއްޖަކު ޝަހީދުވެފައިވެއެވެ. އޭގެ އިތުރުން، ޚާން ޔޫނިސްގެ ބަނީ ސުޙައިލާގައި ދިރިއުޅޭ އުމުރުން 20 އަހަރުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވެއެވެ. އަދި ޣައްޒާގެ އަލްމުޣްރަޤާ ސަރަޙައްދާއި އަލްމަވާސީގައި ބަޔަކަށް ޒަޚަމްކޮށްލާފައިވެއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒުރެއިލުގެ ޔަހޫދީންނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެވުނު ދެވަނަ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ދިހަ ވަނަ ދުވަހުގަ އެވެ.

އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން މިހާތަނަށް ޣައްޒާގެ 600 ރައްޔިތުން ޝަހީދުވެ 1،600އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.

ޔަހޫދީން ގާޒާ އަށް ހަމަލާދީ އެގަމުގެ ރައްޔިތުން ޝަހީދުކުރަމުންދާއިރު ބޭސްފަރުވާ ކުރުމަށާއި ޒަރޫރީ ބޭނުންތަކަށް ވެސް ގާޒާ އިން ނުކުތުމަށް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. ނަމަވެސް ނަކަމަށް ގާޒާއިން ނުކުތުމަށް އޮންނަ ފަރަޙް ބޯޑަރު ޔަހޫދީން ވަނީ ހުޅުވާލާފަ އެވެ. ބޯޑަރު ހުޅުވާލާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުގަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk