logo

ގެވެށި އަނިޔާގެ އަމުރަށް ނުކިޔަމަންތެރިވި 24 މީހަކަށް ދައުވާކުރަން ހުށައަޅައިފި

profile

ރިޟްވާން މޫސާ - 19 ފެބްރުއަރީ 2026 - 16:28

ގެވެށި އަނިޔާއިން ރައްކާތެރި ކަން ހޯދައި ދިނުމަށް ނެރުނު 24 އަމުރަކާއި ޙިލާފުވެގެން 24 މީހަކަށް ދައުވާކުރަން ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލް އަށް ފޮނުވައިފި އެވެ

https://wamco.com.mv/

ރައްކާތެރިކުރުމުގެ އަމުރަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ދަށުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނެރެ އަމުރެކެވެ. މިފަދަ އަމުރަކާ ޚިލާފުވުމަކީ ޖިނާއީ ކުށެކެވެ.

މިއީ އަނިޔާގެ އަމަލެއް ތަކުރާރުވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ. މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރު ނެރެފައިވާ މައްސަލަތުގައި އެ އަމުރާއި ޚިލާފުވުމުގެ 99 މައްސަލައެއް ފުލުހުން ރިޕޯޓްކޮށްފައިވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަތަކާއި ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

ފުލުހުން ވަނީ މިފަދަ މައްސަލަތައް މިހާރު އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk