logo

ބޭރަށް ހިންގުމާއި ޑެންގީުން އިތުރުވާތީ ސަމާލުވާ އެދިފި

profile

ރިޟްވާން މޫސާ - 19 ފެބްރުއަރީ 2026 - 16:28

މިދުވަސްވަރު ޑެންގީ ހުމާއި، ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ

https://wamco.com.mv/

މިދިޔަމަހު ޑެންގީއާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު އޭގެކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ފެށިގެން މިހާތަނަށް އައިއިރު ޑެންގީހުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

ނިމިދިޔަ ޖަނަވަރީ މަހު ޑެންގީގެ 647 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ ޑިސެންބަރުމަހު ރިޕޯޓްކޮށްފައިވަނީ ޑެންގީގެ 424 ކޭސްއެވެ. މިއީ މިދިޔަ އަހަރު މިމުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

2024 ވަނަ އަހަރު ޑިސެމްބަރ މަހު ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 69 ކޭސްއެވެ. މިދިޔަ އަހަރު ޖަނަވަރީ މަހު ރިޕޯޓް ކޮށްފައިވަނީ 103 ކޭސްއެވެ.
ނިމިދިޔަ ޖަނަވަރީމަހު އަރިދަފުސް ރޯގާގެ 34840 ރިޕޯޓްކޮށްފައިވާއިރު، އޭގެ ކުރީ މަހު ރިޕޯޓްކޮށްފައިވަނީ 29461 ކޭހެވެ. ބޭރަށް ހިންގުމުގެ ކޭސްތައްވެސް ރިޕޯޓްކޮށްފައިވާ މިންވަރު އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކަައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖަނަވަރީ މަހު ބޭރަށް ހިންގުމުގެ 7792 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރު ޑިސެމްބަރމަހު ރިޕޯޓްކޮށްފައިވަނީ 3405 ކޭސް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk