
"ދޮން މަންމަގެ ވަރީގެ މައްސަލަ" ސްޕްރީމް ކޯޓަށް!

ރިޟްވާން މޫސާ - 19 ފެބްރުއަރީ 2026 - 16:28
ތަރިކައިގެ މައްސަލަ އަކާއި ގުޅިގެން ބައްޕަ ނިޔާވި އިރު މަންމަ ހުރީ ވަރިކޮށްފައިތޯ ބެލުމަށް ފެމެލީ ކޯޓަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން ތަރިކަ ބެހުން ހުއްޓުމަށް ސްޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލަ އަކީ ބައްޕަ ނިޔާވިއިރު، ބައްޕަގެ އަނބިމީހާ ވަރިކޮށްފައިވާކަން ސާބިތުކުރަން، ދަރިން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކެވެ.
އެންމެ ފުރަތަމަ މި މައްސަލަ ހުށަ ހަޅާފައި ވަނީ 2024 ވަނަ އަހަރު ފެމެލީ ކޯޓަށެވެ. އެއީ، ބަލި އެނދުގައި އޮތް ދުވަސްވީ ބައްޕަ 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިޔާވުމުގެ ކުރިން އަނބިމީހާ ވަރިކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
ފެމެލީ ކޯޓުން މި މައްސަލަ ކާމިޔާބު ނުވުމުން ދެ އެ މައްސަލަ ވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ހައިކޯޓުން ވެސް މި މައްސަލަ ކާމިޔާބުވާ ގޮތެއް ނުވި އެވެ.
މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުންވަނީ އަމުރެއް ނެރެ، ތަރިކަ މައްސަލަ ހުއްޓުވައިފައެވެ. މިއީ ދަށު ކޯޓާއި ހައިކޯޓުގައި ވެސް އާއްމުކޮށް ހުޅުވައިނުލާ ކުރިއަށް ގެންގޮސްފައިވާ މައްސަލައެއްކަމުން މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތުވަނީ ސިއްރުކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ގެވެށި އަނިޔާގެ އަމުރަށް ނުކިޔަމަންތެރިވި 24 މީހަކަށް ދައުވާކުރަން ހުށައަޅައިފި
7 ގަޑިއިރު ކުރިން

ބޭރަށް ހިންގުމާއި ޑެންގީުން އިތުރުވާތީ ސަމާލުވާ އެދިފި
7 ގަޑިއިރު ކުރިން

ފަލަސްތީނުގެ ދެ ސަރަހައްދެއްގައި ޔަހޫދީން ދެ މީހަކު ޝަހީދުކޮށްލައިފި
7 ގަޑިއިރު ކުރިން

އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ މައްސަލަހަތު ވަރަށް ގޯސްވާނެ: ރަޝިޔާ
7 ގަޑިއިރު ކުރިން


.gif&w=3840&q=75)