logo

އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ މައްސަލަހަތު ވަރަށް ގޯސްވާނެ: ރަޝިޔާ

profile

ރިޟްވާން މޫސާ - 19 ފެބްރުއަރީ 2026 - 15:50

އެމެރިކާއިން އީރާނަށް އަލުން ޙަމަލާތަކެއް ދީފި ނަމަ ނަތީޖާ ވަރަށް ގޯސްވާނެ ކަމުގައި ވިދާޅުވެ، ރަޝިޔާގެ ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފް އިންޒާރު ދެއްވައިފިއެވެ.

https://wamco.com.mv/

ސަޢޫދީ ޢަރަބިއްޔާގެ އަލް-ޢަރަބިއްޔާ ނޫހަށް ދެއްވި ބަސްދީގަތުމެއްގަ ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ސުލްޙަވެރިކަމާ އެކު ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމެއް ކުރިއަށް ގެންދިޔުމުގެ ޙައްޤު އީރާނަށް ހޯދައިދިނުމުގެ ގޮތުން ކެތްތެރިކަމާ އެކު ޙައްލެއް ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމުގައެވެ.

އެމެރިކާގެ ބޭނުމަކީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުވުމެވެ. މި ވަގުތު ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ބާއްވަމުން ދަނީ ސްވިޓްޒަލެންޑްގެ ޖެނީވާގައެވެ.

އީރާނާއި އެމެރިކާއާ ދެމެދު ފެބްރުއަރީ މަހުގެ 6ވަނަ ދުވަހު ޢުމާނުގައި ނުސީދާ މަޝްވަރާތައް ބާއްވާފައިވެއެވެ. ހަމަ އެ ދުވަހު ޓްރަމްޕް ވަނީ މަޝްވަރާގެ އައު ބުރެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އިޢުލާނުުކުރައްވައިފައެވެ.

އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމުގެ މައުލޫމާތުތައް ނުދޭނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން އީރާނަށް ދީފައިވާއި، އެމެރިކާއާއެކު ޔަހޫދީ އިޒްރެއިލުންވެސް ދަނީ އީރާނަށް ދަތިކުރުމުގެ އެތަކެއް ހުރަސްތަކެއް ކުރިމަތިކުރަމުންނެވެ.

އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމިދާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭ ނަމައެވެ.

އަދި ނިއުކްލިޔަރ މަޝްރޫޢުއާ ގުޅުވާ އެ ޤައުމުގެ ބެލިސްޓިކް މިސައިލް މަޝްރޫޢުއާމެދު އެއްެވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށް އެ ޤައުމުން ދަނީ ބުނަމުންނެވެ. އީރާނުން ބުނީ މިހާރު ކުރަމުންދާ މަޝްވަރާތަކުގައި އިންސާފުވެރި އަދި ދެ ފަރާތަށް ހަމަހަމަ އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ފިއްތުންތަކަށް އެ ޤައުމު ނުގުޑާނެ ކަމަށާއި، އެ ނޫން ގޮތަކަށް އެ ޤައުމުން ޢަމަލު ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk