logo
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގް އިބްރާހީމް / ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގް އިބްރާހީމް / ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ތެޔޮ އެތެރެ ކުރުމަށް 10 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ: ތާރިގް

profile

މުޙައްމަދު ފަޟްލޫން - 24 މާރިޗު 2026 - 15:46

ރާއްޖެއަށް ތެޔޮ އެތެރެ ކުރުމަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ހުސްވި އަހަރު ހަރަދުކޮށްފައިވާ ކަަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް އޮފިހުގައި ކުރިއަށްދިޔަ ނޫސްވެެރިންގެ ބައްދަލުމެއްގައި ތޯރިގް ވިދާޅުވީ ރާއްޖޭގައި އުފައްދާ ހަކަތަކީ ވަރަށް ބޮޑަށް ތެލަށް ބަރޯސާވެފައި އޮންނަ ކަމަށާއި، ރާއްޖެއަކީ ހަކަތަ އުފެއްދުމަށް އެތެރެ ކުރާ ތެލަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ގައުމެއް ކަަމަށެވެ.

ރާއްޖޭގެ މައިގަނޑު ހުރިހާ ރަށެއްްގައިވެސް ކަރަންޓު ފޯރުކޮށްދެމުން ދަނި ޖެނެރޭޓަރު ބޭނުންކޮށްގެންނެވެ. އަދި ރިސޯޓްތަކާއި ސިނާއީ ރަށްތަކުގައިވެސް ކަރަންޓް އުފައްދަނީ ތެޔޮ ޖެނެރޭޓަރު ބޭނުންކޮށްގެން ކަަމަށްވެސް ތޯރިގް ވިދާޅުވިއެވެ.

ހަކަތައިގެ ދާއިރާ ތަރައްގީ ކުރުމަށް އިންވެސްޓްކޮށްގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ތާރިގް ވިދާޅުވިއެވެ.

މީގެ ތެރޭގައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކާއި، ސްޕެޝަލް އިކޮނޮމިކް ޒޯން އިންވެސްޓްމެންޓެއް ގޮތުގައި ކުރިއަށް ގެންދެވޭ މަޝްރޫއުތަކުގެ އިތުރުން، އަމިއްލަ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅައިގެން ކުރިއަށްގެންދާ މަޝްރޫއުތައް ހިމެނެއެވެ.

ރާއްޖެއިން ބޭރުން ގެންނަ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޖެހޭ ކަަމަށް ތޯރިގް ވިދާޅުވިއެވެ.

އެކަމަށްޓަކައި ރާއްޖޭގައި ހުރި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރުމަކީ މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކޭތީ އެކަމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށް ތޯރިގް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk