
ފަތުރުވެރިކަމުގެ 26 މައުރަޒެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 24 މާރިޗު 2026 - 15:45
މިއަހަރު ބާއްވާ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިއުލާންކޮށްފިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ހިމާޔަތްކޮށް ވަރުގަދަކުރުމަށްޓަކައި އަޅަންޖެހޭ ސްޓްރެޓީޖިކް ފިޔަވަޅުތައް އެޅުމަށާއި، މި ބަދަލުތަކާ ގުޅިގެން ސިނާއަތުގެ ބައިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަަމަށް ވީއެމްސީ އިން ވަނީ ބުނެފައެވެ.
ބައިނަލްއަގުވާމީ މާކެޓްތަކުގެ އިތުރު މައުރަޒުތަކުގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ވީއެމްސީ އިން ވަނީ ބުނެފައެވެ.
މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމާއި، މާކެޓްތައް ސިންދަފާތުކުރުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
2026ގެ ކުރިއަށް ހުރި ބައިނަލްއަގުވާމީ މައުރަޒުތައް:
އަޒަރުބައިޖާން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް ފެއަރ (AITF) – ބާކޫ، އަޒަރުބައިޖާން: 3 - 5 އެޕްރީލް 2026
ވިއެޓްނާމް އިންޓަނޭޝަނަލް ޓްރެވަލް މާޓް: ހަނޯއީ، ވިއެޓްނާމް – 9 - 12 އެޕްރީލް 2026
ކަޒަކިސްތާން އިންޓަނޭޝަނަލް ޓޫރިޒަމް އެންޑް ޓްރެވަލް ފެއަރ (KITF): އަލްމަޓީ، ކަޒަކިސްތާން – 22 - 24 އެޕްރީލް 2026
އައި.ޓީ.ބީ ޗައިނާ – ޝަންހާއީ، ޗައިނާ: 26 - 28 މެއި 2026
ތައިލެންޑް ޑައިވް އެކްސްޕޯ – ބެންކޮކް، ތައިލެންޑް: 21 - 24 މެއި 2026
ޓްރެވަލް މީޓް އޭޝިއާ – ޖަކާޓާ، އިންޑޮނޭޝިއާ: 23 - 24 ޖޫން 2026
ބެއިޖިންގ އިންޓަނޭޝަނަލް ޓޫރިޒަމް އެކްސްޕޯ – ބެއިޖިންގ، ޗައިނާ: 27 - 29 ޖޫން 2026
އައި.އެލް.ޓީ.އެމް އޭޝިއާ – ސިންގަޕޯރ: 29 ޖޫން - 2 ޖުލައި 2026
ޓީ.ޓީ.އެފް ކޮލްކަޓާ – ކޮލްކަޓާ، އިންޑިއާ: 9 - 11 ޖުލައި 2026
އިންޑިއާ އިންޓަނޭޝަނަލް ޓްރެވަލް މާޓް: ބެންގަލޫރު، އިންޑިއާ: 23 - 25 ޖުލައި 2026
ޓީ.ޓީ.އެފް މުމްބާއީ – މުމްބާއީ، އިންޑިއާ: 20 - 22 އޯގަސްޓް 2026
ޕާޓާ (PATA) ޓްރެވަލް މާޓް – ބެންކޮކް، ތައިލެންޑް: 26 - 28 އޯގަސްޓް 2026
އައި.ޓީ.އީ ހޯޗީމިން ސިޓީ – ހޯޗީމިން ސިޓީ، ވިއެޓްނާމް: 27 - 29 އޯގަސްޓް 2026
އައި.ޓީ.ބީ އިންޑިއާ – މުމްބާއީ، އިންޑިއާ: 1 - 3 ސެޕްޓެމްބަރު 2026
ބީ.އެލް.ޓީ.އެމް އިންޑިއާ – ނިއުދިއްލީ، އިންޑިއާ: 2 - 4 ސެޕްޓެމްބަރު 2026
އޭޝިއަން ޓޫރިޒަމް ފެއަރ – ޑާކާ، ބަންގްލަދޭޝް: 17 - 19 ސެޕްޓެމްބަރު 2026
އިސްތަންބޫލް ޓޫރިޒަމް ފެއަރ: އިސްތަންބޫލް، ތުރުކީ – 24 - 25 ސެޕްޓެމްބަރު 2026
ކޮޓަމް (COTTM) ޗައިނާ – ބެއިޖިންގ، ޗައިނާ: 14 - 16 އޮކްޓޫބަރު 2026
ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއަންސް: ރިމިނީ، އިޓަލީ – 14 - 16 އޮކްޓޫބަރު 2026
އައި.ޓީ.ބީ އޭޝިއާ – ސިންގަޕޫރު: 18 - 20 އޮކްޓޫބަރު 2026
ބަންގްލަދޭޝް ޓްރެވަލް އެންޑް ޓޫރިޒަމް ފެއަރ – ޑާކާ، ބަންގްލަދޭޝް: 29 - 31 އޮކްޓޫބަރު 2026
އައި.ޓީ.ބީ އެމެރިކާ – ގުއަޑަލަހާރާ، މެކްސިކޯ: 10 - 12 ނޮވެމްބަރު 2026
ތަޝްކަން އިންޓަނޭޝަނަލް ޓޫރިޒަމް ފެއަރ – ތަޝްކަން، އުޒްބެކިސްތާން: 26 - 28 ނޮވެމްބަރު 2026
ވީއެމްސީ އިން އަބަދުވެސް މަސައްކަތްކުރާނީ ސިނާއަތުގެ ބައިވެރިންނާ ގުޅިގެން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާޢަތަކީ ހަރުދަނާ އަދި ކުރިއަރަމުންދާ ސިނާޢަތެއްގެ ގޮތުގައި ދެމެހެއްޓުމަަށް ކަމަށް ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެހިޔާ ފްލެޓުތައް މަރާމާތުކުރާނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފި
2 ގަޑިއިރު ކުރިން

ހޫނު ގަދަވާތީ ސަމާލުވެ ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި
2 ގަޑިއިރު ކުރިން

ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ވައިގެ ސަރަހައްދު ސާފުކޮށްދީފި
2 ގަޑިއިރު ކުރިން
ރާއްޖެއަށް ތެޔޮ އެތެރެ ކުރުމަށް 10 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ: ތާރިގް
2 ގަޑިއިރު ކުރިން


.gif&w=3840&q=75)