logo

ހޫނު ގަދަވާތީ ސަމާލުވެ ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 24 މާރިޗު 2026 - 15:46

އިހްސާސްކުރެވޭ ހޫނުމިން މައްޗަށްދާތީ ރައްކާތެރިވުމަށް ހެލްތު ޕްރޮޓަކްޝަން އޭޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހޫނު ގަދަ ދުވަސްކޮޅެކެވެ. އެގޮތުން ޖުމްލަ ގޮތެއްގައި ހުރިހާ ހިސާބެއްގައިވެސް އިހްސާސްކުރެވޭ ހޫނުމިން މިދުވަސްވަރު އުޅެނީ 35 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ނެރެފައިވާ މޫސުމާ ބެހޭ ރެކޯޑް ތަކަށް ބަލާއިރު، އެންމެ ހޫނު ގަދަކަމަށް ރެކޯޑްތަކުން ދައްކަނީ، މާލެ ސަރަހައްދާއި ހދ.ހަނިމާދޫ ހިސާބެވެ. މާލެ ސަރަހައްދުގެ އިހްސާސްކުރެވޭ ހޫނުމިން 36.8 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ރާއްޖޭގެ އެންމެ އުތުރުގައި އިހްސާސްކުރެވޭ ހޫނުމިން ހުރީ 35.6 ޑިގްރޫީ ސެލްސިއަސްގައެވެ. މީގެ އިތުރުން މެދުރާއްޖެ ތެރެއާއި އެހެނިގެން ސަރަހައްދުތައްވެސް ހުރީ 35 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައެވެ.

ހޫނުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އަޅާނެ ބައެއް ފިޔަވަޅުތައް ފާހަގަކޮށްފައެވެ. އެގޮތުން ހޫނު އެންމެ ގަދަވާ ގަޑިތަކުގައި ބޭރަށް ނުނިކުތުމާއި، ބޭރަށް ނިކުންނަ ނަމަ އެކަށީގެންވާ ހެދުމެއް ލުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބުއިމަށް ވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުން ބޮލުގައި ރިއްސައި، ވަރުދެރަވާނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް ވަނީ ލަފާދީފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk