
ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ވައިގެ ސަރަހައްދު ސާފުކޮށްދީފި

މުޙައްމަދު ފަޟްލޫން - 24 މާރިޗު 2026 - 15:46
ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ވައިގެ ސަރަހައްދު މިނިސްޓްރީ އޮފް ޑިފެންސް އިން ސާފުކޮށްދީފި އެވެ.
އެ މިނިސްޓްރީން ވަނީ އެ މައުލޫމާތު ހިމަނާ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ. ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަހައްދުތަކުގައި ލިބިދޭ އާންމު ހައްގުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަގްވާމީ މުއާހަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯވ އޮފް ދަ ސީ (އަންކްލޯސް) އެވެ.
އަދި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ދިވެހިރާއްޖެއަށް ލިބިދޭ ހަައްގުތަކާއި އިހްތިޔާރުތައް ބަޔާންކުރާ ގާނޫނަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުކަން ފާހަގަކޮށް ޑިފެންސް މިނިސްޓްރީން ބުނީ މި ގާނޫނުގައި ބަޔާންކުރާ ގޮތުން، ދިވެހިރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަހައްދުގެ އިތުރަށް، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، މި ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި، މި ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަހައްދަކީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަން ކަމަށެވެ
ގުޅުން ހުރި ޙަބަރުތައް

މާލެހިޔާ ފްލެޓުތައް މަރާމާތުކުރާނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފި
2 ގަޑިއިރު ކުރިން

ހޫނު ގަދަވާތީ ސަމާލުވެ ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި
2 ގަޑިއިރު ކުރިން
ރާއްޖެއަށް ތެޔޮ އެތެރެ ކުރުމަށް 10 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ: ތާރިގް
2 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ 26 މައުރަޒެއްގައި ބައިވެރިވުމަށް ހުޅުވާލައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)