
ހޯދަން އިއުލާން ކުރި ބިދޭސީ މީހާ
ވައްކަމުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

އަހުމަދު ޒަލީފު - 12 ފެބްރުއަރީ 2023 - 11:24
ފުލުހުން ތަހުގީގު ކުރަމުން އަންނަ ވައްކަމުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އާއި ސްޕޮންސަރ އަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ އިއުލާނު ކުރާ ކަމަށެވެ.
ފުލުހުން ހޯދަމުން ދަނީ، ޝަހީދުލް ޙައްޤު، ބަންގްލަދޭޝް (41އ)، (ޕާސްޕޯޓް ނަންބަރު EB0078625) އެވެ.
އޭނާ ހޯދަމުން އަންނަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް/މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


