
އެމްއެންޔޫ ގްރެޖުއޭޝަންގެ ތެރެއިން
ސޮއިކުރާތާ ފަސް ދުވަސްތެރޭ ސްޓޫޑެންޓް ލޯން ހަމަޖެހޭނެ!

އަހުމަދު ޒަލީފު - 24 ސެޕްޓެމްބަރު 2023 - 17:23
ސްޓޫޑެންޓް ލޯނުގެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ ލޯނަށް ހޮވޭ ދަރިވަރުންނަށް ފައިސާ ދޫކުރެވޭނީ ދަރިވަރުން ފައިސާ ދޫކުރުމަށް އެދޭ ފޯމް ފުރިހަމަކޮށް ފޯމައެކު ހުށައަޅަން ޖެހޭ ލިޔެކިޔުންތައް ހަމަވުމުން ކަމަށެވެ. ލިޔެކިޔުންތައް ހަމަވުމުން ލޯނުގެ ފީ ޝީޓް ތައްޔާރުކޮށް ދަރިވަރުން ސޮއިކުރުމުން ލޯނު ދޫކުރުމަށް ވެވޭ އެގްރީމަންޓްގައި ސޮއިކުރެވި ފައިސާ ދޫކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އަދި ދަރިވަރަކީ ލޯނަށް ހޮވިފައިވާ ފަރާތެއްކަން އަންގައިދޭ ތަފްސީލީ ސްޕޮންސާޝިޕް ލިޔުމެއް ކިޔަވަން އެދޭ ޔުނިވާސިޓީ/ކޮލެޖަށް ހުށައަޅަން ބޭނުންވާނަމަ ސްޕޮންސާޝިޕް ލިޔުން ވެސް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ނަމަވެސް ލޯނުގެ ފައިސާއަށް އެދި ދަރިވަރުން ފޯމު ހުށަހަޅާއިރު ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން ފައިސާ ދޫކުރުމުގެ ކަންކަން ހަމަޖެއްސުމުގައި އިތުރު ވަގުތުތަކެއް ހޭދަވެ، ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވެގެންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ދަރިވަރުން ލިޔެކިޔުންތައް ހުށަހަޅާއިރު، ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


