logo
ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން

ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން

"ޤާނޫނާ ޚިލާފަށް ބަޖެޓު ހުށަހަޅާތާ 10 އަހަރު"

profile

އަހުމަދު ޒަލީފު - 14 ނޮވެމްބަރު 2023 - 11:16

ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނާއި ހިލާފަށް ބަޖެޓް ހުށަހަޅަމުންދާތާ 10 އަހަރު ވެފައިވާކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މިއަދު މަޖިލީހަށް ހުށަހަޅާފައެވެ. ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން ޖެހުނު ނަމަވެސް، މަޖިލީހުގައި ތާށިވެފައި އޮތް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި އެކު އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން އެކަމަށް ފުރުސަތު ދީފައެއް ނުވައެވެ. ނަމަވެސް އިއްޔެ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި އެކު، ރޭ މަޖިލީހުގެ ރައީސަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އިންތިހާބުކޮށް މިއަދަށް ބަޖެޓު ހުށަހެޅުމަށް ތާވަލު ކުރި އެވެ.

ބަޖެޓް ހުށަހެޅުމާއި އެކު ނިޒާމީ މައްސަލައެއް ނަންގަވައި އަލީ ހުސައިން ވިދާޅުވީ، ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށްފަހު ބަޖެޓު ހުށަހެޅުމަށް ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގައި ބުނެފައިވާއިރު، މިއަދު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ވެސް ޤާނޫނާއި ހިލާފަށް ހުށަހަޅާފައިވާ ބަޖެޓެއްކަމަށް ވިދާޅުވިއެވެ. އަދި މިގޮތައް ފިނޭންސް މިނިސްޓްރީއިން ކަން ކުރައްވާތާ 10 އަހަރު ވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319