
ކާރިސާތަކުން ސަމާލަތްވުމާއި ސަމާލުކަން އިތުރުކުރުމާއި ގުޅޭގޮތުން އެއްބަސްވުން ގާއިމްކުރުން
ކާރިސާތަކަށް ހޭލުންތެރިކުރުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

މުޙައްމަދު ފަޟްލޫން - 10 ނޮވެމްބަރު 2026 - 11:46
ކާރިސާތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވައި، ކުރިއާލައި އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމުގެ މަގްސަދުގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ކާރިސާތަކުން ސަލާމަތްވުމަށް ވެވުނު އެއްބަސްވުމުގެ ދަށުން، ޓްރެކްޓް (ޓީ.އާރް.އޭ.ސީ.ޓީ) މަޝްރޫޢުގެ މުހިންމު ޙަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަންފީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ދެ ފަރާތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު މުޖުތަމަޢުގައި އިތުރުކުރުމާއި، އެފަދަ ހާލަތްތަކުން ކުރިމަތިވެދާނެ ގެއްލުންތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.
މީގެއިތުރުން، ރައްޔިތުންގެ ޢަމަލީ ބައިވެރިވުމާއެކު، އެކި ބާވަތުގެ ނުރައްކާތަކުން ރައްކާތެރިވުމަށް ޤާއިމުކޮށްފައިވާ "މަލްޓި ހަޒާޑް އާލީ ވޯނިންގ ސިސްޓަމް" ރާއްޖޭގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ރަށްރަށުގެ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވީ އެންމެ އަވަހަކަށް މަޢުލޫމާތު ފޯރުކޮށްދީ، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަލުވި އަދި ހަރުދަނާވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ބަހެއް ނެތި ރަސްމާލެ ވިއްކައިފިނަމަ ރައީސްގެ މައްޗަށް ދައުވާކުރެވޭނެ: އަލީ ހުސައިން
3 ގަޑިއިރު ކުރިން

އަރިދަފުސްރޯގާ އާއި އިންފްލުއެންޒާ ފެތުރޭތީ ސަމާލުވާން އެދިއްޖެ
4 ގަޑިއިރު ކުރިން

ޕެރޯލް ބޯޑު އަލުން އެކުލަވާލައިފި
4 ގަޑިއިރު ކުރިން

އަންނަ އަހަރަށް 161 ބިލިއަން ރުފިޔާގެ ދަރަނި ދައްކަންޖެހޭ: އަމީން ފައިސަލް
4 ގަޑިއިރު ކުރިން


