
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް
އަންނަ އަހަރަށް 161 ބިލިއަން ރުފިޔާގެ ދަރަނި ދައްކަންޖެހޭ: އަމީން ފައިސަލް

މުޙައްމަދު ފަޟްލޫން - 10 ނޮވެމްބަރު 2026 - 11:43
161 ބިލިއަންގެ ދަރަނި ދައްކަން ޖެހާކަމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސް ކުރައްވަމުން މެމްބަރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަށްފަހު ދަރަނި ދެއްކި ސަރުކާރެއްގެ ދަރަނި ބަޖެޓް ފޮތުގައި 161 ބިލިއަން ދައްކަން އޮތް ކަމަށް ޖަހާފައިވާ ކަަމަށެވެ.
މިއަހަރުގެ ދަރަނި 9 ބިލިއަނުގައި ހުރިކަން ފާޙަގަކުރައްވައި އަމީން ވިދާޅުވީ އެއީ ރިކޯޑް އަދަދެއް ކަމަށެވެ.
މަޝްރޫއުތައް ނުހިންގި ސަރުކާރަށް ކަމެއް ނުވާ ވާހަކަ ބުނާއިރު ދަރަނި ދެއްކި ކަމަށް ބުނާ ކަަމަށް މިސަރުކާރުން ބުނަމުންދާ ކަމަށް މެމްބަރު ވިދާޅުވިއެވެ. ނަމަވެސް ދައްކާ ދަރަނި އިތުރުވަމުންދާތީ މެމްބަރު ވަނީ އެކަމާ ސުވާލު އުފައްދަވާފައެވެ.
މިސަރުކާރުގައި ނޫނީ ދައްކާ ދަރަނި އިތުރުވަމުންދާތަން ފެނިގެން ނުދާ ކަމަށް އަމީން ވިދާޅުވިއެވެ.
123 ބިލިއަނުގައި އޮތް ދަރަނި 160 ބިލިއަނަށް އަރާފައިވާ ކަމަށް އަންނަ އަހަރުގެ ބަޖެޓް ފޮތުގައި ލިޔެފައިވާ ކަަމަށް އަމީން ވިދާޅުވިއެވެ. އެހެންކަމުން ދައްކާ ވާހަކަ އާއި އަމަލާއި ދިމާ ނުވާ ކަމަށް އަމީން ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ސްކޭމް ބަޖެޓެއް ކަމަށާއި ސްކޭމް ބަޖެޓަކަށް ވަނީ ދައްކާ ވާހަކަ އާއި އަމަލާއި ދިމާނުވާތީ ކަމަށް އަމީން ވިދާޅުވިއެވެ.
ބަޖެޓްގައި ޖަހާފައިވާ އަދަދުތައް ދިމާނުވާކަމަށް އަމީން ވިދާޅުވިއެވެ.
މިވެރިކަމުގައި ބަޖެޓްގެ ހަރަދުތައް މިހާތަނަށް ކުރަމުންދަަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށް އަމީން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ބަހެއް ނެތި ރަސްމާލެ ވިއްކައިފިނަމަ ރައީސްގެ މައްޗަށް ދައުވާކުރެވޭނެ: އަލީ ހުސައިން
3 ގަޑިއިރު ކުރިން

ކާރިސާތަކަށް ހޭލުންތެރިކުރުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
4 ގަޑިއިރު ކުރިން

އަރިދަފުސްރޯގާ އާއި އިންފްލުއެންޒާ ފެތުރޭތީ ސަމާލުވާން އެދިއްޖެ
4 ގަޑިއިރު ކުރިން

ޕެރޯލް ބޯޑު އަލުން އެކުލަވާލައިފި
4 ގަޑިއިރު ކުރިން


