logo
މާފުށި ޖަލު

މާފުށި ޖަލު

ޕެރޯލް ބޯޑު އަލުން އެކުލަވާލައިފި

profile

މުޙައްމަދު ފަޟްލޫން - 10 ނޮވެމްބަރު 2026 - 11:43

ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ޖަލުން ދޫކޮށްލުމާއި، ބަންދަށް ލުއި ދިނުމުގެ ކަންކަން ނިންމާ ޕެރޯލް ބޯޑު އަލުން އެކުލަވާލައިފިއެވެ.

https://wamco.com.mv/

ހޯމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ރައީސް އޮފީހުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑަށް ހުރިހާ މެންބަރުން އައްޔަންކުރައްވައި، ބޯޑުގެ މަސައްކަތްތައް އަލުން ފައްޓަވާފައެވެ.

ޕެރޯލް ބޯޑު އެކުލެވިގެންވަނީ ބަންޑާރަނައިބުގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް، އެޑިއުކޭޝަން މިނިސްޓްރީ، ހެލްތު މިނިސްޓްރީ، އަދި އިސްލާމިކް މިނިސްޓްރީގެ މަންދޫބުންގެ އިތުރުން، ސިއްހީ ދާއިރާ ތަމްސީލުކުރައްވާ ޑޮކްޓަރަކާއި، ނަފްސާނީ ދާއިރާގެ ސައިކޭޓްރިސްޓެއް އަދި މަދަނީ ޖަމިއްޔާތައް ތަމްސީލުކުރާ މެންބަރެއްގެ މައްޗަށެވެ.

ޕެރޯލްގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މި ބޯޑު މިދިޔަ މަހު ކުއްލި ގޮތަކަށް އުވާލަން ޖެހުނީ، އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ ސ. ހިތަދޫ، ލަކީ، އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ގާނޫނާ ހިލާފަށް ޕެރޯލް ދީ ޖަލުން ދޫކޮށްލި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ބޯޑު އުވާލުމުގެ އިތުރުން، އޭނާ ވަނީ އަލުން އަނބުރާ ޖަލު ބަންދަށް ގެންގޮސްފައެވެ.

ޕެރޯލްގެ ގާނޫނު ބަޔާންކުރާ ގޮތުގައި، މަސްތުވާތަކެތީގެ ތިން ބާވަތެއްގެ ކުށް ފިޔަވައި އެހެނިހެން ކުށްތަކުގައި ހުކުމް ތަންފީޒުކުރާ މީހުންނަށް ޕެރޯލްގެ ފުރުސަތު ލިބެނީ، އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ފުރިހަމަކުރުމުންނެވެ. މަސްތުވާތަކެތީގެ ގާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާހުގެ ދަށުން، މަސްތުވާތަކެތި ޓްރެފިކްކުރާ ކުށްވެރިންނަށް ޕެރޯލްގެ ފުރުސަތު މުޅިން ވަނީ ބަންދުކުރެވިފައެވެ.

އަބުޗާގެ މައްޗަށް ދެ ދައުވާއަކުން ޖުމްލަ 25 އަހަރުގެ (އުމުރު ދުވަހުގެ) ޖަލު ހުކުމެއް ކޯޓުން ކަނޑައެޅީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. ނަމަވެސް، މި މައްސަލައިގެ ތުހުމަތުގައި އޭނާ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 2020 ގައެވެ. އެހެންކަމުން، އޭނާ ބަންދުގައި ހޭދަކޮށްފައިވަނީ ގާތްގަނޑަކަށް ހަ އަހަރު ދުވަހެވެ.

https://wamco.com.mv/
tel:+9607331319