
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސެއިން / ފޮޓޯ: އަސްލު ޓީވީ
ރައްޔިތުންގެ ބަހެއް ނެތި ރަސްމާލެ ވިއްކައިފިނަމަ ރައީސްގެ މައްޗަށް ދައުވާކުރެވޭނެ: އަލީ ހުސައިން

މުޙައްމަދު ފަޟްލޫން - 10 ނޮވެމްބަރު 2026 - 13:03
ރައްޔިތުންގެ ބަހެއް ނެތި ރަސްމާލެ ބޭރުގެ ބަޔަކަށް ދީފިނަމަ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާކުރެވޭނެ ދުވަހެއް އަންނާނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ރަސްމާލެ އީގަލް ހިލްސް އާއި ދިނުމާއި ދެކޮޅަށް ވަކާލާތުކުރަމުންދާ ގައުމީ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވިދާޅުވީ ރަސްމާލެ ރައްޔިތުންގެ ބަހެއް ނެތި ބޭރު ބަޔަކަށް ދިން ދުވަހަކުން ރައީސްގެ މައްޗަށް ދައުވާ އުފުލޭނެ ކަމަށެވެ.
ގައުމީ ހަރަކާތުގެ ފަރާތުން ދެން އަންނަ ސަރުކާރަށްވެސް ގައުމީ އިއްތިހާދުގެ ފަރާތުން ރަސްމާލެ އަލުން އަނބުރާ ހޯދަން ޕްރެޝަރ ކުރާނެ ކަމަށް އަލީ ވިދާޅުވިއެވެ.
ރަސްމާލޭގެ މައްސަލަ އާއި ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރަށް ގޮވާލަމުންދާ ކަމަށް އަލީ ވިދާޅުވިއެވެ. ނަމަވެސް ރައީސް ޑރ މުއިއްޒު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ރަސްމާލެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނުނަންގަވާނެ ކަމަށެވެ.
އަލީ ވިދާޅުވީ ރައީސް މުއިއްޒު އަށް ޖެހޭނީ ރަސްމާލެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނަންގަވަން ކަމަށާއި އެކަމުގައި އިތުރު ޗޮއިސް އެއް ނެތް ކަމަށެވެ.
ޒަޔަނިސްޓުންނާއި ދެކޮޅަށް ވާހަކަ ދެއްކުންވެސް ގާނޫނީ ގޮތުން މަނާކުރަން މަޖިލީހަށް ބިލު ހުށަހަޅައިގެން މިސަރުކާރުން މަސައްކަތް ކުރަމުންދާތީ ރަސްމާލެ އީގަލް ހިލްސް އަށް ދިނުމަށް ކުރަމުންދާ މަސައްކަތަކީ ވަރަށް މުހިއްމު ކަން އެނގިގެންދާ ކަމަށް އަލީ ވިދާޅުވިއެވެ.
ރަސްމާލެ އީގަލް ހިލްސްއަށް 99 އަހަރަށް ދިނުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭތީ އެކަމަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމެއް ކަމަށް އަލީ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ގައުމީ ހަރަކާތުން ބާއްވާ ބޮޑު އެއްވުން ފެށެން ބާކީ 3 ދުވަސް!
3 ގަޑިއިރު ކުރިން

ކާރިސާތަކަށް ހޭލުންތެރިކުރުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
4 ގަޑިއިރު ކުރިން

އަރިދަފުސްރޯގާ އާއި އިންފްލުއެންޒާ ފެތުރޭތީ ސަމާލުވާން އެދިއްޖެ
4 ގަޑިއިރު ކުރިން

ޕެރޯލް ބޯޑު އަލުން އެކުލަވާލައިފި
4 ގަޑިއިރު ކުރިން


