.jpg&w=3840&q=75)
ބޯޓެއް ބަންޑުން ޖަހާލައިގެން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

މުޙައްމަދު ފަޟްލޫން - 18 ޖެނުއަރީ 2026 - 05:40
ބޯޓެއް ބަންޑުން ޖަހާލައިގެން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި ބޯޓެއް ވާދޫ ކަނޑުގެ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލައިގެން މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީޢެފުން ވަނީ ބުނެފައެވެ.
ވީމާ، ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
މުދާ އުފުލާ ބޯޓު ބަންޑުން ޖަހާލިއިރު ބޯޓުން ދަތުރުކުރި 4 މީހުންގެ ތެރެއިން 2 މީހަކު ވަނީ އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައެވެ.
ބަންޑުން ޖަހާލި ބޯޓުން ދަތުރު ކުރި އަނެއް 2 މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް ކުރަމުންގެންދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެމީހުންގެ ތެރެއިން އެކަކު ފެނިއްޖެ
ގަޑިއިރެއް ކުރިން

އެންސްޕާއިން މިދިޔަމަހު 54 މިލިޔަން ރުފިޔާގެ އެހީ ދޫކުރި
2 ގަޑިއިރު ކުރިން

ހުމާއި ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމްކޮށްފި
2 ގަޑިއިރު ކުރިން

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި
3 ގަޑިއިރު ކުރިން


