
ފޮޓޯ: އެޓޯލް ޓައިމްސް
ހުމާއި ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމްކޮށްފި

ޝަހްޒާ މުޙައްމަދު - 18 ޖެނުއަރީ 2026 - 05:49
ހުމާއި އަރުދަފުސް ރޯގާ ހުންނަ ހުރިހާ ފަރާތްތަކަށް ހާއްސަކޮށް ފުލޫ ކްލިނިކެއް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ގާއިމްކޮށްފިއެވެ.
އައިޖީއެމްއެޗްއިން މިއަދު ނެރުނު ނޯޓިސްއެއްގައި ބުނީ ހުމާއި ރޯގާ ހުންނަ ހުރިހާ ފަރާތްތަކަށް ހާއްސަކޮށް ފްލޫ ކްލިނިކެއް އެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކަމަށެވެ.
އެ ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް އެ ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ބުންޏެވެ.
އައިޖީއެމްއެޗްއިން ބުނީ ފްލޫ ކްލިނިކަށް ދާއިރު ފުރަތަމަ ދާންޖެހެނީ އީއާރް ޓްރައިޖަށް ކަމަށެވެ. ކިއުބީއިން ފުލޫ ކުލިނިކުގެ ނަމްބަރެއް ނަގައިގެން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިޔައިމަ ޓްރައޭޖްއިން އިރުޝާދުދޭނެ ކަމަށް ވެސް ބުންޏެވެ.
ދުވަސްވަރަކީ އުމްރާއަށް ފަހުގައި ގިނަ ބަޔަކު އަނބުރާ ރާއްޖެއަށް އަންނަ ދުވަސްވަރުކަމަށް ވުމުން، ރޯގާފެތުރެމުންދާ ދުވަސްވަރެކެވެ.
ގުޅުން ހުރި ޙަބަރުތައް

ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެމީހުންގެ ތެރެއިން އެކަކު ފެނިއްޖެ
ގަޑިއިރެއް ކުރިން

އެންސްޕާއިން މިދިޔަމަހު 54 މިލިޔަން ރުފިޔާގެ އެހީ ދޫކުރި
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ބޯޓެއް ބަންޑުން ޖަހާލައިގެން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި
2 ގަޑިއިރު ކުރިން

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި
3 ގަޑިއިރު ކުރިން


