logo

ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެމީހުންގެ ތެރެއިން އެކަކު ފެނިއްޖެ

profile

މުޙައްމަދު ފަޟްލޫން - 18 ޖެނުއަރީ 2026 - 07:06

މިއަދު ހެނދުނު ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިން ބަންޑުން ޖަހާލި މުދާ އުފުލާ ދޯނިން ގެއްލުނު ދެމީހުންގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

https://wamco.com.mv/

ދޯނި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ ދިވެއްސެއް ކަމަށެވެ.

ދިވެހި މީހާގެ އިތުރުން މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ބިދޭސީ މީހެކެވެ.

މި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އަދި މިހާތަނަށް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި ބޯޓެއް ވާދޫ ކަނޑުގެ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލި ކަމުގެ ހާދިސާ އެމްއެންޑީއެފުން ރިޕޯޓްކޮށްފަައިވަނީ މިއަދު ހެނދުނު 8:30 ހާއިރު އެވެ.

މިއަަދު ހެނދުނު އެމްއެންޑީއެފުން ބުނީ ބަލްމާ 6 ނަމަކަށް ކިޔާ ދޯނި ބަންޑުން ޖަހާލި ހާދިސާގައި އެދޯނިން ދަތުރުކުރި 4 މީހުންގެ ތެރެއިން 2 މީހުން އެހެން ދޯންޏަކަށް ނަގައިފައިވާ ކަމަށެވެ.

ބަންޑުން ޖަހާލި ބޯޓުން ދަތުރު ކުރި އަނެއް މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް ކުރަމުންގެންދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ބަންޑުން ޖަހާލި ދޯނީގެ ބައިތައް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލު ވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay