logo

ކައުންސިލް އިންތިހާބު ބޭރުގެއޮބްޒާވަރުން ފޯމުހުށަހަޅަން ހުޅުވާލައިފި

profile

ޝަހްޒާ މުޙައްމަދު - 18 ޖެނުއަރީ 2026 - 08:58

އަންނަ އޭޕްރީލު މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

https://wamco.com.mv/

ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިހާބުތައް އޮބްޒާވްކުރުމުގެ ފުރުސަތު ކޮންމެ ފަހަރަކުވެސް އިލެކްޝަންސް ކޮމިޝަނުން ބޭރުގެ ފަރާތްތަކަށް ހުޅުވާލައެވެ. ބޭރުގެ ފަރާތްތަކަށް އިންތިހާބު ކަވަރކުރުމަށް އެދި ފޯމް ހުށައެޅުމުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައްވާފައެވެ. މި ފުރުސަތު ހުޅުވާލައްވާފައިވަނީ ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކަށާއި ބޭރުގެ އެހެނިހެން ފަރާތްތަކާއި ވަކި ވަކި ފަރުދުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އީސީއިން ބުނީ އިންތިހާބު އޮބްޒާވްކުރުމަށް ހުށައަޅަންވާނީ އުމުރުން 18 އަހަރުވެފައިވާ މީހުންކަމަށެވެ. އަދި އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކޮށްދީގެ ނުވާނެ ކަމަށް އެކޮމިޝަނުން ބުންޏެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay