logo

ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން މިއަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 18 ޖެނުއަރީ 2026 - 10:22

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް 1 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

https://wamco.com.mv/

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 120,680 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

މިއަދަދަކީ ހުސްވި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު 10.02 އިންސައްތަ އިތުރު އަދަދެކެވެ.

ހުސްވި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 109,501 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން ރާއްޖެއަށް 19,171 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރަޝިޔާއަށް ފަހު ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިޓަލީވިލާތުންނެވެ. އިޓަލީ އިން ރާއްޖެއަށް މިހާތަނަށް 13,601 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރަޝިޔާއަށް ފަހު ތިން ވަނަ އަށް 10,365 ފަތުރުވެރިންނާއެކު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ޗައިނާ، ޖަރުމަނު، އިންޑިއާ، ފްރާންސް އަދި ޕޮލެންޑް ހިމެނެއެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭ މެދުވެރިކޮށެވެ. ވީއައިއޭ މެދުވެރިކޮށް މިހާތަނަށް ރާއްޖެއަށް 119,053 ފަތުރުވެރިން ވަނީ އެތެރެވެފައެވެ.

ވެލާނާ އިންޓަރނޭޝނަލް އެއަރޕޯޓްގެ އިތުރުން ހަނިމާދޫ އާއި ގަމާއި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށްވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ އެތެރެވެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay