logo

ހިތަދޫ އުތުރު ދާއިރާގައި ވޯޓްލުމުގެ ހައްގު 4،114 މީހަކަށް ލިބިގެންވޭ: އިލެކްޝަންސް ކޮމިޝަން

profile

މުޙައްމަދު ފަޟްލޫން - 16 އޭޕްރީލު 2026 - 09:42

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގައި ވޯޓްލުމުގެ ހައްގު 4،114 މީހަކަށް ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

https://wamco.com.mv/

އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ.

ސަރުކާރުގެ ގެޒެޓުގެ އިތުރުން އައްޑޫސިޓީ ހިތަދޫ އަވަށު އޮފީހުގައި މި ރަޖިސްޓަރީ އާންމުކޮށްފައިވާއިރު، މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ބައިއިލެކްޝަނުގައި ވޯޓުލުމުގެ ޙައްޤު ޖުމލަ 4،114 މީހުންނަށް ލިބިގެންވެއެވެ.

ވޯޓަރސް ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 27 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

ޝަކުވާ ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީގައި ހިމެނޭ މަޢުލޫމާތެއްގެ ޞައްޙަކަން ކަށަވަރުކުރުމަށާއި، ގެންނަންޖެހޭ އުނިއިތުރުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އެގޮތުން، ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ނުވަތަ ރަޖިސްޓަރީން މީހަކު އުނިކުރުމަށް، ނުވަތަ ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލެއް ގެނައުމަށް ހުށަހަޅާނަމަ، އެ ޝަކުވާއެއްގެ ޞައްޙަކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބަޔާންކުރެއެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތަކުން ވޯޓުލާ މީހުންގެ ރަޖިސްޓަރީއާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، އެކަން ކުރަންޖެހޭނީ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk