
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 721،160 ފަތުރުވެރިން ޒިޔާރަތްކޮށްފި

މުޙައްމަދު ފަޟްލޫން - 16 އޭޕްރީލު 2026 - 09:41
ރާއްޖެއަށް މިހާތަނަށް 721،160 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ހިނގާ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 721,160 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 738,074 ފަތުރުވެރިންނާ އަޅާބަލާއިރު 2.3 އިންސައްތައިގެ ދަށްވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ދުވާލަކު އެވްރެޖްކޮށް 6,934 ފަތުރުވެރިން ރާއްޖެ އަންނަކަން ފާހަގަކުރެވެއެވެ.
މި މަހުގެ މިހާތަނަށް 72,585 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މީގެ ތެރޭގައި ވިޔަފާރީގެ ބޭނުންތަކަށް ޒިޔާރަތްކުރި 4,455 ފަރާތެއް ހިމެނެއެވެ.
މީގެ އިތުރުން، ކްރޫޒް ލައިނާ ތަކުގައި 10,351 ފަސިންޖަރުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.
ޗައިނާއިން މިހާތަނަށް 105,213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ
ޗައިނާ އަށް ފަހު ދެން އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން އައީ ރަޝިޔާއިންނެވެ.
ރަޝިޔާއިން 89,850 ފަތުރުވެރިން އައިސްފައިވާއިރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުން 68,150 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ފަތުރުވެރިން ރާއްޖެއަށް އެތެރެވާ ދޮރުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (VIA) މެދުވެރިކޮށެވެ. އެއީ ޖުމްލަ 701,551 ފަތުރުވެރިންނެވެ.
މީގެ އިތުރުން، ގަން އިންޓަނޭޝަނަލް އެއާޕޯޓުން 2,965 ފަތުރުވެރިން އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 2,709 ފަތުރުވެރިން ވަނީ ރާއްޖެއަށް އެތެރެވެފައެވެ. ގަން އެއަރޕޯޓަށް ފަހު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މާފަރު އެއަރޕޯޓުންނެވެ. މާފަރު އެއަރޕޯޓް މެދުވެރިކޮށް ރާއްޖެއަށް 2709 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
ފޭސް 2ގަި ބިނާ ކުރާ ދެ މިސްކިތުގެ ބޮޑުބައި ނިންމާލައިފި
7 ގަޑިއިރު ކުރިން
ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް ގާޢިމްކޮށްފި
8 ގަޑިއިރު ކުރިން

ޝިޔާމް އަށް ފުލުހުންގެ ވަޒީފާ އަލުން އިއާދަ ކުރަން އަމުރުކޮށްފި
9 ގަޑިއިރު ކުރިން

ހިތަދޫ އުތުރު ދާއިރާގައި ވޯޓްލުމުގެ ހައްގު 4،114 މީހަކަށް ލިބިގެންވޭ: އިލެކްޝަންސް ކޮމިޝަން
11 ގަޑިއިރު ކުރިން


.gif&w=3840&q=75)