ފޭސް 2ގަި ބިނާ ކުރާ ދެ މިސްކިތުގެ ބޮޑުބައި ނިންމާލައިފި

ރިޟްވާން މޫސާ - 16 އޭޕްރީލު 2026 - 13:15
ހުޅުމާލެ ފޭސް 2ގައި ބިނާކުރާ 2 މިސްކިތެއްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ވިނަރެސް ފްލެޓު ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މިއީ، 1095 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ފްލެޓު ސަރަޙައްދުގައިވެސް ދަނީ މިސްކިތެއް ބިނާކުރަމުންނެވެ. މި މިސްކިތުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިއީ، 1800 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލެ އާއި ހުޅުމާލޭގެ ޕޭސް 2 އަކީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ ތަނަކަށް ވުމުން އެ ތަނުގައި ބިނާކުރަމުންދާ މިސްކިތުގެ މަސައްކަތް ނިންމުމަށް އެ މިނިސްޓްރީން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވަމުން އަންނަ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ބިނާ ކުރަމުންދާ މިސްކިތްތަކާއި ބެހޭ ގޮތުން ބައެއް މައުލޫމާތުތައް އެކްސް މެދުވެރިކުރައްވައި ހިއްސާ ވެސް ކުރައްވާފަ އެވެ.
މިނިސްޓްރީން ބުނީ މުޅި ރާއްޖޭގައި ވެސް އެކި ކަންކޮޅު ތަކުގައި ބިނާކުރަމުންދާ މިސްކިތްތަކުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ.
މިދިޔަ އަހަރު 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރްއާން މަރުކަޒާއި، 6 ވަޤުފު ބިނާއާއެކު، މުޅިއެކު 90 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދިޔައެވެ.
މިއަހަރުގެ މިހާތަނަށް ޖުމްލަ 15 މިސްކިތެއް ވަނީ އަލުން ހުޅުވާފަ އެވެ. އެހުރިހައި މިސްތަކެއްވެސް ހުޅުވާފައިވަނީ ނިމިގެންދިޔަ ރަމަޝާން މަހުގެ ކުރިންކަން ފާހަގަކޮށްލެވެ އެވެ.
ގުޅުން ހުރި ޙަބަރުތައް
ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް ގާޢިމްކޮށްފި
6 ގަޑިއިރު ކުރިން

ޝިޔާމް އަށް ފުލުހުންގެ ވަޒީފާ އަލުން އިއާދަ ކުރަން އަމުރުކޮށްފި
8 ގަޑިއިރު ކުރިން

ހިތަދޫ އުތުރު ދާއިރާގައި ވޯޓްލުމުގެ ހައްގު 4،114 މީހަކަށް ލިބިގެންވޭ: އިލެކްޝަންސް ކޮމިޝަން
9 ގަޑިއިރު ކުރިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 721،160 ފަތުރުވެރިން ޒިޔާރަތްކޮށްފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)