
ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %35 ދަށްވެއްޖެ

މުޙައްމަދު ފަޟްލޫން - 18 ޖެނުއަރީ 2026 - 08:58
ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު %35 ދަށަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާ އިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރު މި ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 5.9 މިލިއަން ރުފިޔާއެވެ.
މިއީ 2024 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި ރިކޯޑުކުރެވުނު 9.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ދަށަށް ދިއުމެކެވެ.
ތިމާވެށި ހިމާޔަތްކުރުމަށާއި އާންމުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެއްގެ ގޮތުން، ކޮންމެ ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ނަގަން ފަށާފައިވަނީ 18 އޭޕްރީލް 2023 ގައެވެ.
މި ފީ ނަގަން ފެށި ފަހުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ 2023 ވަނަ އަހަރުއެވެ.
2023 ވަނަ އަހަރު ޖުމްލަ 12.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އާމްދަނީއަކީ އެ އަހަރާ އަޅާބަލާއިރު %53 ދަށް އަދަދެކެވެ.
މީރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އާމްދަނީ ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން ކޮތަޅު ވިއްކާ މިންވަރު މަދުވުމެވެ. ގަވާއިދުގައިވާ ގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ދައުލަތަށް ދައްކަން ޖެހެނީ ހަމައެކަނި ޖީއެސްޓީ އަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން މިއަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފި
43 މިނިޓު ކުރިން

ރަހަފަތް މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ކައުންސިލް އިންތިހާބު ބޭރުގެއޮބްޒާވަރުން ފޯމުހުށަހަޅަން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެމީހުންގެ ތެރެއިން އެކަކު ފެނިއްޖެ
4 ގަޑިއިރު ކުރިން


