
އެންސްޕާއިން މިދިޔަމަހު 54 މިލިޔަން ރުފިޔާގެ އެހީ ދޫކުރި

ޝަހްޒާ މުޙައްމަދު - 18 ޖެނުއަރީ 2026 - 06:16
ޑިސެމްބަރު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި އެންސްޕާއިން ޖުމުލަ 54 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.
ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް 35 މިލިޔަން ރުފިޔާ އަދި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 18.9 މިލިޔަން ރުފިޔާ ހޭދަކުރިއެވެ.
ފަރުވާހޯދާފައިވާ ބަލިތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކަށީގެ ބަލިތަކަށެވެ. އެއީ 146 މީހުންނެވެ. ދެވަނައަށް އެންމެ ގިނައީ ވިހެއުމާ ގުޅޭ ކަންކަމެވެ. އެއީ 145 މީހުންނެވެ.
އަމިއްލަ ހޮސްޕިޓަލްތަކުގެ ތެރެއިން ޓްރީޓޮޕް އަދި އޭޑީކޭއިން ފަރުވާ ހޯދި 473 މީހުންނަށް 6.4 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ބޭސްފަރުވާގެ އިތުރުން އެސިސްޓިވް ޑިވައިސްތައް ހޯދުމަށް 3 މިލިޔަން ރުފިޔާގެ އެހީތެރިކަން ވަނީ ދީފައެވެ.
އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ބަލި މީހުންގެ ފަރުވާ ހަމަޖެއްސުމަށް ސަރުކާރުންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ބޭސްފަރުވާގެ ޚިދުމަތް އިތުރަށް އަގުހެޔޮކުރުމަށްޓަކައި ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެމީހުންގެ ތެރެއިން އެކަކު ފެނިއްޖެ
ގަޑިއިރެއް ކުރިން

ހުމާއި ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމްކޮށްފި
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ބޯޓެއް ބަންޑުން ޖަހާލައިގެން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި
2 ގަޑިއިރު ކުރިން

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި
3 ގަޑިއިރު ކުރިން


